ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު އަމުރުގެ ދަށުން އަލީ ވަހީދުގެ ގެ ބަލައި ފާސް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯޓު އަމުރެއްގެ ދަށުން ކުރީގެ ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ފުލުހުން ތަހުގީގުކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައާއި ގުޅިގެން އަލީ ވަހީދުގެ ގެ ބަލައި ފާސް ކުރަމުންދާ ކަމަށެވެ.
އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކުގެ ޝަަކުވާ އެމިނިސްޓްރީގެ މުވައްޒަފުންނަށް ހުށައެޅުއްވުމާއި ގުޅިގެން މިމަހުގެ 8 ވަނަ ދުވަހުގެރޭ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވިއެވެ. އެހެންނަމަވެސް، އަލީ ވަހީދު އިސްތިއުފާ ދެއްވާފައިނުވާތީ އޭގެ އަނެއް ދުވަހު ވަނީ މަގާމުން ދުރުކުރައްވާފައެވެ.

މިނޫނަސް މީގެ ކުރިންވެސް، އަލީ ވަހީދާއި ގުޅޭ މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން މިސަރުކާރުގެ ބައެއް އަންހެން ވަޒީރުންނަށް ނިސްބަތްކޮށް ހުތުރު ވާހަކަތަކެއް ދެއްކި އޯޑިއޯތަކެއްވެސް ވަނީ ލީކްކޮށްފައެވެ. އެ އޯޑިއޯތަކުގައި އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަރަށް ބޭއަދަބީ ވާހަކަތައް ވަނީ ދައްކާފައެވެ. އަދި މި ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްވެސް ވާހަކަދައްކާފައިވެއެވެ.

އެކަމާއި ގުޅިގެންވެސް އަލީ ވަހީދު މަގާމުން ދުރުކުރުމަށް ގިނަ ބަޔަކު ރައީސް ސޯލިހަށް ވަނީ ގޮވާލާފައެވެ. އެ އޯޑިއޯގެ މައްސަލަ ބެލުމަށް ނަހުލާ ވަނީ ރައީސް ސޯލިހަށް ދަންނަވާފައެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. އެހެންނަމަވެސް، އެމައްސަލައަށް ވީގޮތެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ފެންމަތިވުމާއި ހަމައަށް އަލީ ވަހީދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ މަގާމްގައެވެ. ޖޭޕީގެ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދު ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވީ ސީދާ ގާސިމް އިބްރާހިމް ކަމަށެވެ. ނަމަވެސް އަލީ ވަހީދު ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ނުވަތަ ނޫންކަން އޮފިޝަލް ވިދާޅުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: