ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންނާއި، ކުޑަކުދިންނަށް ކުރާ އަނިޔާ: “ޖާގައެއް ނެތް” އިހުތިޖާޖު މިއަދު މެންދުރު 01:30 ގައި!

އަންހެނުންނާއި، ކުޑަކުދިންނަށް ކުރާ އަނިޔާ: "ޖާގައެއް ނެތް" އިހުތިޖާޖު މެންދުރު 01:30 ގައި/ ޕޯސްޓުގެ : ފޮޓޯއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުނަށް ކުރާ އަނިޔާތަކާއި، އަދި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާއި ދެކޮޅަށް “ޖާގައެއް ނެތް” ނަމުގައި ހޮޓެލް ޖެން ކުރިމަތީ މިއަދުގެ މެންދުރު 01:30 ގައި ހަރަކާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ ދިވެހި ރައްޖޭގައި އަންހެނުންނާއި، އަންހެން ކުދިންނަށް ކުރާ އަނިޔާގެ ވާހަކަތައް މުޖްތަމައުގެ ތެރޭގައި އިންތިހާއަށް ގިނަވެފައިވާ ކަމަށެވެ. އަދި މި ހަރަކާތް ބާއްވަނީ ކުށްކުރާ މީހުންނަށް ނިޒާމުގެ ތެރެއިން، އަދަބު ނުދެވި އިންސާފައި މެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ހަރާކާތް ކުރިޔަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ، ހައްވާ ޝަފީއާ ރިޟާ، ނޫރުބާން ފަހުމީ، ރާއިއާ މުނައްވަރު، އަރީޖު ހުސެއިން، މަރިޔަމް ޝުނާނާ އަދި ސާރާ ނަސީމްއެވެ. 

ބަޔާނުގައި ބުނެފައިވަނީ އަންހެނުނަށް ރައްކާތެރިކަން ލިބިދޭންޖެހޭ އެންމެ އަސާސީ ތަންތަންކަމުގައި ވާ އެ މީހުން ދިރިއުޅޭ ގެތަކާއި، މަސައްކަތް ކުރާ މާހައުލާއި، ކުޅިވަރު ކުޅޭ މައިދާންތަކާއި އަދި އާއްމު ދިރިއުޅުމުގައި ހިނގާބިގާވެ އުޅޭ އާއްމު ތަންތަނުގައި ޖިންސީ ގޯނާއާއި ފުރައްސާރަ ކުރުން ދިވެހި ރާއްޖޭގައި އާއްމުވެފައިވާ ކަމަށެވެ. އެއާއި އެކު، “ގާގައެއް ނެތް” އިހުތިޖާޖުގެ މައިގަނޑު މަގްސަދަކީ ރައްކާތެރިކަން ލިބިދޭންޖެހޭ މިފަދަ މާހައުލެއްގައި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ގޮވާލުންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި އަންހެނުނަށް ޖިންސީ އަނިޔާކުރާ ކުށްވެރިންނަށް، ވަކި މަގާމަކަށް ނުވަތަ ވަކި ހައިސިއްޔަތަކާއި ވަކި ދަރަޖައަޖަށް ބެލުމެއް ބެލުމެއް ނެތި އަދުލުގެ އިންސާފުގެ ކުރިމައްޗަށް ގެނެސް އެ މީހުންގެ މައްޗަށް ހައްގު އަދަބު ގާއިމް ކުރުމަށް ދައުލަތުގެ ކަމާއި ގުޅުން ހުރި އިދާރާތްތަކަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.

https://twitter.com/Noorbaan/status/1281896852183371776

އިހުތިޖާޖުގައި ދައުލަތުގެ ފަރާތުން ފުރިހަމަކޮށްދިނުމަށް ގޮވާލާ ކަންތައްތަކުގެ ތެރޭގައި:

• ދިވެހި ރާއްޖޭގައި އަންހެނުނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުން

• ކުށްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން

• އިސް މަގާމުތަކުގައި އަދި ސިޔާސީ މަގާމުތަކުގައި ތިބި ކުށްކުރާ މީހުން މަގާމުން ވަކި ކުރުން

• ވަކި ހައިސިއްޔަތަކަށް، ވަކި ދަރަޖައަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒުކޮށް ކުށް ކުރާ މީހުން ހައްޔަރު ކުރުން

• ޖިންސީ ކުށްތައް ރިޕޯޓު ކުރާ މީޑިއާތަކަށް މިނިވަންކަމާއި އެކު ރިޕޯޓު ކުރުމުގެ ފުރުސަތު ދިނުން

• މަސައްކަތުގެ މާހައުލަކީ އަންހެނުނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަށަވަރުކޮށް، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީތަކުގެ މުސްތަގިއްލުކަން ކަށަވަރު ކުރުން

• އަންހެނުންނަށް އަނިޔާ އާއި ޖިންސީ ގޯނާއިން ރައްކާތެރިވުމަށް، ގާއިމްކޮށްފައިވާ ނިޒާމުތައް ހަރުދަނާކޮށް އިސްލާހު ކުރުން

• އަނިޔާ ލިބޭ ފަރާތްތަކުގެ ވާހަކަތައް ގަބޫލުކޮށް، ނިޒާމުގެ ތެރެއިން އިތުރަށް އެ ފަރާތަކަށް އަނިޔާ ދިނުން ހުއްޓުވުން

• އިޖްތިމާއީ، ރައްކާތެރިކަމުގެ ނިޒާމަށް، ދައުލަތުގެ ބަޖެޓު އެކަށީގެންވާ މިންވަރަށް ކަނޑައެޅުން (FundOurSafety#)

 

https://twitter.com/sara_naseem/status/1281980603168993280

ރާއްޖޭގައި އަންހެނުނަށް ކުރާ އަނިޔާތަކާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ މުވައްސަސާތަކުން މައްސަލަތަކަށް ދޭންޖެހޭ ސަމާލުކަން ނުދިނުމެވެ. އަދި މައްސަލައެއް ރިޕޯޓު ކުރެވުނު ނަމަވެސް، އެ އަޅާނުލާ ދޫކޮށްލުމާއި އެކު ނުފޫޒުތަކެއްގައި ޖެހި އެ މައްސަލައެއް އޮއްބާލުމެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި، އަންހެނުންނަށް ކުރާ ޖިންސީ ގޯނާތަކާއި، ރޭޕް ކުރުން އިތުރުވެ ކުޑަކުދިން ވެސް ނުރައްކާތެރި މާހައުލަކަށް ހުށަހެޅުން ވަނީ އިތުރު ވެފައެވެ. މިފަދަ މައްސަލަތަކުގައި އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ހައްޔަރު ކުރާއިރު، މައްސަލައެއްގައި އެ މީހާ ހައްޔަރު ކުރާ ހިސާބަށް ދަނީ ސޯޝަލް މީޑިއާގައި އެކަން ފަޅާ އަރުވާލުމުން ނުވަތަ މައްސަލަ ރިޕޯޓު ވެސް ކުރާތާ އެތައް ދުވަހެއް ފަހުންނެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު، މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މީގެ ކުރިންވެސް ފުލުހަށް ހުށަހެޅިފައިވާ މައްސަލަތެކެވެ. އެހެން ނަމަވެސް އެކަށީގެންވާ ތަހުގީގެއް ނުކުރެވި، ނުވަތަ އަޅާނުލާ ހުރި މައްސަލަތައް ވަރަށް ގިނައެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ފުލުހަށް ހުށަހެޅުމުން، އެކަން ތަހުގީގުކޮށް މައުލޫމާތު ހާމަ ކުރުމުގައި ވަކި ގޮތަކަށް އަމަލު ކުރާ ކަމުގެ ތުހުމަތު ނޫސްވެރިން ވެސް ވަނީ ފުލުހުންނަށް ކޮށްފައެވެ. އެގޮތުން ބައެއް ކޭސްތަކުގައި ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ހާމަކުރާއިރު، އަނެއްބައި ކޭސްތަކުގެ މައުލޫމާތު “އެއީ މީހުންގެ ޒާތީ މައުލޫމާތު” ކަމަށް ބުނެ ފުލުހުން އެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރަން ދެކޮޅު ހެދުން ފާހަގަ ކުރެވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: