ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަށަށް އެ ޝެއިޚު އިމްރާން ކިޔައިދޭން ނޫޅޭ، ތާކުން ކުލަ ރީތި އަންހެން ކުއްޖަކު ފެންނައިރަށް، އެ ކުއްޖަކާ އޭނާ ހިތާވާނެ”

ސަރުކާރުގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހޯމް މިނިސްޓަރު، އިމްރާން ޢަބްދުﷲ އަންހެނަކަށް ޖިންސީގޯނާ ކުރިކަމާއި، އިމްރާންގެ ފަރާތުން އިތުރު ބަޔަކަށް ވެސް ފުރައްސާރައާއި ކުރިމަތިލާން ޖެހިފައިވާކަމަށް ބުނާ އޯޑިއޯގެ ސައްޙަކަން ބެލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މުވައްޒަފުންނަށް، ޖިންސީ ފުރައްސާކުރިކަމުގެ ތުހުމަތުގައި ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ޢަލީ ވަޙީދު މަގާމުން ވަކިކޮށް، އެ މައްސަލަ ތަހުޤީޤުކުރަން ފެށިތާ މާގިނަ ދުވަސްތަކެއްނުވެ އަނެއްކާވެސް އިތުރު ވަޒީރެއްގެ މައްސަލަ މި ވަނީ ފެންމަތިވެފައެވެ. މި ސަރުކާރުގެ ކޯލިޝަން ލީޑަރުކަމާއި، އަދި ނުފޫޒުގަދަ މަގާމެއްގައި ހުންނެވި މިނިސްޓަރު އިމްރާންގެ މައްޗަށް ތުހުމަތުތަކެއް ކުރާ އެ އޯޑިއޯ ލީކުކޮށްލާފައިވަނީ ހޮނިހިރުދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް، ޢަލީ ވަޙީދު މަގާމުން ދުރުކުރުމާއެކު، އިމްރާންގެ ވާހަކަތައް ވެސް ދެކެވުނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެ އޯޑިއޯގައި އިމްރާނާއި ދެކޮޅަށް އަޑުއުފުލާފައިވަނީ އަންހެނެކެވެ. އެ އޯޑިއޯގައި އޭނާ ބުނަނީ އަދާލަތު ޕާޓީގެ އޮފީހަށް އޭނާ ގެންގޮސް އިމްރާން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ އިމްރާންގެ ފަރާތުން އިތުރު އަންހެނުންތަކަކަށް ވެސް ޖިންސީ ފުރައްސާރަ އާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެފައެވެ.

މި އޯޑިއޯގައި “ޔުމްނާ” ގެ ނަމުން މުޚާތަބު ކުރާއިރު، އެއީ ދާދިފަހުން އިމްރާން ކައިވެނި ބައްލަވައިގަތް ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާކަމަށް ބެލެވެއެވެ.

މި އޯޑިއޯގައި ބުނާ ގޮތުން، އިމްރާންގެ އެ އަމަލު ޔުމްނާއަށް އެނގިވަޑައިގަންނަވާނެއެވެ. ޔުމްނާ އެއަށް އަމަލު ކުރި ގޮތް ސީދާ ސާފުވާ ގޮތަށް އޯޑިއޯގައި ވާހަކަނުދެއްކި ނަމަވެސް، އޭނާ ބުނާގޮތުން ޔުމްނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ “އޮއްބާލީ” އެވެ. ނަމަވެސް އެ އަންހެން މީހާ ވަނީ މަޑުން ނުހުންނެވޭނެކަމަށް ބުނެ، އަދިވެސް އެ ވާހަކަތައް ދައްކާނެކަމަށް ބުނެފައެވެ. އޯޑިއޯއިން އިވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ލަފާކުރެވޭގޮތުގައި، އެ ވާހަކަ ދައްކާ މީހާއަކީ ވެސް ޖެންޑާރ މިނިސްޓްރީގެ ތެރޭގައި މަސައްކަތް ކުރާ މީހެއްކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް އެކަން އެހާ ސާފެއް ނޫނެވެ.

އޯޑިއޯގައި ހޯމް މިނިސްޓަރ އިމްރާނާއި ބެހޭ ގޮތުން ވާހަކަ ދައްކާ އަންހެން މީހ،ާ އިމްރާނަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެ ގޮތުން އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލައި “ދޮންދީ” ހެދި ކަމަށާއި، އަދި އެކަން ކުރީ އަދާލަތު ޕާޓީގެ އޮފީހުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި އިމްރާން އޭނާ ގާތުން އިސްތިޚާރާ ނަމާދަކީ ކޮބައިތޯއާއި، އެ ނަމާދުގެ ބޭނުން އެނގޭތޯ ސުވާލު ކުރިކަމަށާއި، އަދާލަތު ޕާޓީގެ އޮފީހަށް އައުމުން ކިޔައިދޭން އިމްރާން ވިދާޅުވުމުން އޭނާ ދިޔަ ކަމަށް އެ އޯޑިއޯއިން ވާހަކަ ދައްކާ މީހާ ބުންޏެވެ. 

އޯޑިއޯއިން ވާހަކަ ދައްކާ މީހާ ބުނި ގޮތުގައި އިސްތިޚާރާ ނަމާދުގެ ވާހަކަ ދައްކައިގެން އިމްރާން އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ އާންމު ކަމެއް ކަމަށާއި، އަދި އިމްރާންއާއި ބެހޭ ގޮތުން އޭނާ ކިޔައިދޭން އެތައް ވާހަކަތަކެއް އެބަހުރިކަމަށާއި މިއީ “ފުރަތަމަ މަރުހަލާ” ކަމަށް، އެ އޯޑިއޯއިން ވާހަކަ ދައްކާ މީހާ ވަނީ ބުނެފައެވެ. 

މީގެއިތުރުން އޯޑިއިން ވާހަކަ ދައްކާ އަންހެން މީހާ ބުނީ “ތާކުން ފެންނަ ކުލަ އަލި ރީތި ކޮންމެ އަންހެން ކުއްޖަކާ” އިމްރާން ހިތާވާނެ ކަމަށާއި، މިހާރު ކައިވެނި ބައްލަވައިގެން އެ އުޅުއްވަނީ އެގޮތަށް ފެނުނު ކުއްޖަކާކަން އޭނާ ތުހުމަތު ކޮސްފައިވެއެވެ. އަދި ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި އިމްރާންއާއި ގުޅުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަންހެން މީހާ ވަނީ ވާހަކަ ދައްކާފައެވެ. 

މި އޯޑިއޯތަކާއި ގުޅޭގޮތުން، “ސަންގު” ގެ ނޫސްވެރިން އިމްރާނަށް ގުޅައި މެސެޖުކުރުމުން ވެސް ފޯނަށް ޖަވާބު ނުދެއްވައެވެ. އަދި ޔުމްނާއާއި ވެސް ވަނީ ގުޅޭގޮތް ނުވެއެވެ.

މީގެ އިތުރުން ޖެންޑާރ މިނިސްޓްރީގެ ވަޓްސްއަޕް ގްރޫޕުގައި ވެސް ސުވާލުކުރުކުން ވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވެއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ސުވާލު ކުރުމުން، ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ “އެފަދަ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައި ނުވާ” ކަމަށެވެ. ނަމަވެސް އެ “އޯޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލުކަމަށް އައިސްފައިވާތީ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ދާ ކަމަށެވެ.

“ތިފަދަ މައްސަލަ އެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައެއް ނުވޭ. ތިޔަ ފާހަގަކުރާ އޯޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސަމާލުކަމަށް އައިސްފައިވާތީ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން” ތަރުޖަމާނު

ޓޫރިޒަމް މިނިސްޓަރުކަމުގައި ހުރި ޢަލީ ވަހީދުގެ މައްޗަށް ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި، މިނިސްޓްރީގެ މުވައްޒަފުންތަކެއް ސީދާ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކޮށް އެކަން ހުށަހެޅުމާއި އެކު ރައީސް ޞާލިޙް ވަނީ އަލީ ވަހީދު ވަޒީޒުކަމުން ވަކި ކުރައްވާފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު، މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މީގެ ކުރިންވެސް ފުލުހަށް ހުށަހެޅިފައިވާ މައްސަލަތެކެވެ. އެހެން ނަމަވެސް އެކަށީގެންވާ ތަހުގީގެއް ނުކުރެވި، ނުވަތަ އަޅާނުލާ ހުރި މައްސަލަތައް ވަރަށް ގިނައެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ފުލުހަށް ހުށަހެޅުމުން، އެކަން ތަހުގީގުކޮށް މައުލޫމާތު ހާމަ ކުރުމުގައި ވަކި ގޮތަކަށް އަމަލު ކުރާ ކަމުގެ ތުހުމަތު ނޫސްވެރިން ވެސް ވަނީ ފުލުހުންނަށް ކޮށްފައެވެ. އެގޮތުން ބައެއް ކޭސްތަކުގައި ހައްޔަރު ކުރާ މީހުންގެ މައުލޫމާތު ހާމަކުރާއިރު، އަނެއްބައި ކޭސްތަކުގެ މައުލޫމާތު “އެއީ މީހުންގެ ޒާތީ މައުލޫމާތު” ކަމަށް ބުނެ ފުލުހުން އެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާ ކުރަން ދެކޮޅު ހެދުން ފާހަގަ ކުރެވެއެވެ.

https://twitter.com/TruthMaldives/status/1282063177086152704

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: