ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕް ކުރުމަށް ހިތްވަރު ލިބޭ ފަދަ އިބާރާތަކުން ސަރުކާރުގެ މަގާމެއްގައި ހުރި ސްމިތު ޓްވީޓު ކުރި މައްސަލަ ބަލަނީ!

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުރި އަލީ ހާޝިމް ސްމިތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުރި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓު އަލީ ހާޝިމް (ސްމިތު) ރޭޕް ކުރުމަށް ހިއްވަރު ލިބޭފަދަ ގޮތަކަށް އަންހެން ކުއްޖަކާއި މުހާތަބު ކުރި މައްސަލަ ސަރުކާރުން ބަލަން ފަށައިފިއެވެ.

ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައަށް ހިއްވަރު ލިވޭފަދަ މޭރުމަކުން ވާހަކަ ދައްކާ މީހުން ވެސް ގިނައެވެ. އަދި ރޭޕާއި ދެކޮޅަށް ވާހަކަށް ދައްކާ މީހުންނަށް އަމާޒުކޮށް ވެސް ބައެއް މީހުން ރައްދުތައް ދެއެވެ.

ކޮވިޑާއި ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާ، ދުވަސްވަރުގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެ މައްސަލައާއި އެކު، އަލީ ވަހީދު މަގާމުން ވަކި ކުރިއެވެ.

މި މައްސަލައާއި އެކު، މާގިރީ ހޮޓެލްގައި ލޮކްޑައުންވެގެން ހުރި ސުމިތްއަށް ވެސް ތުހުމަތުތަކެއް ވާހެން މީޑިއާއަކުން ރިޕޯޓެއް ގެނައެވެ. އޭގައި ބުނެފައިވާ ގޮތުން، ސުމިތް މިނިސްޓްރީގެ އަންހެން ކުދިން ނޫން އެހެން ބައެއް ހޮޓެލްއަށް ވެއްދިކަމަށް ތުހުމަތު ކުރިއެވެ. އެއާއި އެކު ސުމިތްއަށް އަމާޒު ވި ފާޑުކިޔުންތަކަށް، އޭނާ ރައްދު ދީ ޕޯސްޓެއްކޮށް ވަނީ “ކާމިޔާބު ދޯ” މިހެން ބުނެފައެވެ.

އެ ޕޯސްޓާއި ގުޅިގެން އަންހެން ކުއްޖަކު ވަނީ، އެ ރީޓްވީޓުކޮށް އެއީ ކާމިޔާބު ވުމެއް ނޫން ކަމަށް ބުނެފައެވެ. އަދި އޭނާއާއި ބެހޭ ގޮތުން ހަބަރެއްގައި ގެނެދިނީ އެއީ ތެދަކަސް އަދި ދޮގަކަސް، މިއީ “މާ ރީތި ވާހަކައެއް ނޫން” ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސުމިތް ވަނީ އެ ޓްވީޓަށް ރައްދު ދީ، “…… (އަންހެން ކުއްޖާގެ ނަން) ރޭޕް ކުރީމަ ކަޑަވަނީ ދޯ” އޭ ބުނެފައެވެ.

މި ޓްވީޓާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ސުމިތްއަށް ރައްދުވިއެވެ. އަދި ބައެއް މީހުން ވަނީ މިއީ ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުންގެ ފެންވަރުތޯ ސުވާލު އުފައްދާ މައްސަލަ ބެލުމަށް ގޮވާލާފައެވެ.

https://twitter.com/MvSpokesperson/status/1282323817184915456

ނުރުހުން ފާޅުކޮށް މީހަކު ކުރި ޓްވީޓަކަށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސްމިތު އެ ދެއްކީ ލަދުވެތި، ދަށު ދަރަޖައިގެ ވާހަކައެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް އަމާޒުކޮށް އެފަދަ ވާހަކައެއް އެއްވެސް މީހަކަށް ނުދެއްކޭނެ ކަމަށް ހޫދު ވިދާޅުވިއެވެ. ހޫދު ވިދާޅުވީ މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ، ސްމިތު މީގެ ކުރިން ވެސް އެކި ބޮޑެތި ކުށްތަކުގައި ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް، އޭގެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތު ނުވެއެވެ.

ފާޑުކިޔުންތަކާއި އެކު ސްމިތު އޭނާގެ ދިފާއުގައި ޓްވީޓެއްކޮށް ބުނީ، އޭނާ ބުނިހާވެސް ވާހަކައަކީ އޭނާ ގެންދިޔަކަމަށް ބުނާ ބައެއް ގެންދިޔައީ ގަދަކަމުން ނޫން ވާހަކަ ކަމަށެވެ. އަދި ކަޑަކަމަކަށް ވާނީ، ރޭޕް ކުރުމުން ކަމަށެވެ.

ސުމިތު ބުނެފައިވަނީ، މާނަ އޮޅުން އަރާގޮތަށް ނަގައިގަނެވުނީ އަވަސް އަރުވާލައިގެން ލިޔެވުނު ޓްވީޓަކަށް ވުމުން ކަމަށެވެ. ސްމިތު ވަނީ، މިހާރު އެ ޓްވީޓަސް މާފަށް އެދިފައެވެ. އޭނާ ބުނެފައިނީ އެއްވެސް އިރެއްގައި ރޭޕް ކުރުމަށް ހިއްވަރު ދީފައިނުވާނެ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: