ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އިދިކޮޅުން އެ ޕާޓޯގެ އޮފީސް ކުރިމަތީ ބޭއްވި ހަރަކާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އިން ހުށަހަޅާފައިވާ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްގޮތަށް މާލީ ކަންކަން ބަލަހައްޓަމުން ނުދާތީ އެޕާޓީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ޕީޕީއެމްއަށް އަންގާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް މިމައްސަލާގައި އެޕާޓީއަށް ނަސޭހަތް ދީފައިވާކަމަށް އެކޮމިޝަނުން ބުނެެއެވެ.

ދާދިފަހުންވެސް ތިން ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ.

އެތިން ޕާޓީއަކީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް, ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: