ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ކުރައްވަނީ ދަށު ދަރަޖައިގެ އަމަލެއް، ރައީސް ޔާމީން ފަތާ ޓްރެކަކަށް ނޭދޭ: ޑރ. ޖަމީލް

ކައުންސިލް އިންތިހާބަށް އިދިކޮޅުން ރަށްތަކަށް ކުރި ދަތުރުތަކުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ޖަލުގައި ހުންނަވައިގެން މޫދަށް އެރި ކަސްރަތު ކުރެވޭނެ އިންތިޒާމެއް ނުވަތަ އިތުރު ހިދުމަތެއް ވެސް ދިނުމަށް އެދިފައި ނޯންނާނެކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީނަށް ޖަލުގައި އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް އެދި އިދިކޮޅުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ހޯމް މިނިސްޓްރީއިން މީޑިއާތަކަށް ދިން މައުލޫމާތުތައް ދޮގުކޮށްފައެވެ.

ރައީސް ޔަމީނަށް މާފުށީ ޖަލުދައި މޫދަށް އެރި އުޅެވޭނެ ގޮތްތަކާއި، ކަސްރަތު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވެފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އިމްރާން ވިދާޅުވީ ގޮތުން މާފުއްޓަކީ އޮއިބާރު ކަނޑެއް އޮތްތަނެއް ކަމުން، ރައީސް ޔާމީން އެފަދަ ތަނަކަށް ދޫލަން ނުކެރުނެވެ. އެހެން ކަމުން ޓްރެކެއް ހަދައި، މޫދަ އެރިއުޅެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ފެށީކަމަށް އިމްރާން ވިދާޅުވިއެވެ.

ޖަލުގެ އިންތިޒާމުތައް ވެސް ފުރިހަމަވާނެކަމަށް ވިދާޅުވެ، އިމްރާން ވަނީ ފްރީކުއެންސީއަށް ދިމާވި މައްސަލައަކުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ބެލުމުގެ ހިދުމަތް ރައީސް ޔާމީނަށް މެދުކެނޑުކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ މައްސަލަ މިހާރު ހައްލުކޮށްފައިވާނެ ކަމަށާއި، އަދި ކުރިޔަށް އޮތް ތަނުގައި އިތުރު ޗެނަލްތައް ބެލޭނެ އިންތިޒާމުތައް ވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން ދެއްކެވި ވާހަކަތަކައް ރައްދު ދެއްވާ، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް އަދި ގާނޫނީ ޓީމްގެ އެންމެ އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޖަމީލް ސވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެތައް ދައުވާއެއް އުފުލަމުން ދާއިރު، ވަކީލުންނާއި ބައްދަލު ކުރުމަށް އެއްވެސް ފުރުސަތެއް ދީފައި ނުވާ ކަމަށެވެ. އަދި އިމްރާންގެ ވާހަކަތަކީ ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު ވާހަކަތަކެއްކަން ޖަމީލް ފާހަގަ ކުރެއްވިއެވެ.

https://twitter.com/MJameelAhmed/status/1294844475827576832

ޖަމީލް ވިދާޅުވީ ފަތާ ޓްރެކަކަށް ރައީސް ޔާމީން އެދިފައި ނުވާނެ ކަމަށެވެ. އަދި އިތުރު އެއްވެސް ކަމަކަށް އެދިފައި ނޯންނާނެކަމަށް ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީނަށް ވެސް އެންމެނަށް ލިބޭ ހައްގުތައް ލިބިދޭންޖެހޭނެ ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާފައިވަނީ އެމަނިކުފަނަށް ގާނޫނީ ޓީމާއި ބައްދަލު ނުކުރެވޭތީއެވެ. ކޮވިޑުގެ ހާލަތާއި އެކު ވަކީލުންގެ ބައްދަލުވުންތަކަށް ހުރަސްތަކެއް އައިއިރު، އިދިކޮޅުން ތުހުމަތު ކުރާ ގޮތުން އެ ބައްދަލުވުންތައް ބޭއްވުމަށް ފުރުސަތު ދީފައި ނުވަނީ ކޮވިޑުގެ ނަން ބޭނުންކޮށްގެންނެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީނަށް ގާނޫނު އަސާސީން ލިބިދީފައިވާ ވަކީލުންގެ ބައްދަލުވުންތަކަށް ހުރަސް އަޅަމުން ދަނީ މާޗު މަހުން ފެށިގެން ކަމަށެވެ.

މީގެ ކުރިން ޕީޕީއެމް، ޕީއެންސީން ބުނެފައިވަނީ ހައިކޯޓުގެ އެންގުމާއި އެއްގޮތަށް ބައްދަލުން ކުރިޔަށް ގެންދެވޭނެކަމަށް ކަރެކްޝަންސްއިން އެންގި ކަމަށެވެ. އެހެން ނަމަވެސް ކަރެކްޝަންސްގެ ސިޓީގައި ވާ ގޮތުގެ މަތީން ބައްދަލުވުންތައް ބޭއްވުމަށް ފުރުސަތު ދީފައި ނުވާ ކަމަށެވެ.

ނަމަވެސް އެކަން ކަރެކްޝްންސްއިން ދޮގު ކުރިއެވެ. އެ އިދާރާއިން ބަޔާނެއް ނެރެ ބުނެފައިވަނީ ވަކީލުންގެ ބައްދަލުވުންތަކާއި ބެހޭ މައުލޫމާތުތައް ރައީސް ޔާމީނަށާއި، އެ މަނިކުފާނުގެ ވަކީލުންނަށް ދީފައިވާނެ ކަމަށެވެ. އަދި މާލޭ ޖަލަށް ހުށަހެޅި ފޯމާއި ގުޅިގެން ވެސް އިރުޝާދުތަކެއް ދީފައިވާނެ ކަމަށް ކެރެކްޝަންސްއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރުނު އެ ބަޔާނަކީ މާލެ ޖަލުން ދީފައިވާ އިރުޝާދުތަކަށް އަމަލު ކުރުމެއް ނެތި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: