ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއު ގަޑިއާއި ހިލާފުމާއި، މާސްކު ނާޅައިގެން މި މަހުގެ މިހާތަނަށް ކުރި ޖުރިމަނާ އެކަނިވެސް އެއް މިލިއަނަށް!

ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުމަށް ވަނީ މަޖުބޫރުކޮށްފައ އަދި ވަކި ގަޑިތަކެއްގައި ބޭރަށް ނުނިކުމެވޭނެ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ވަކި ގަޑިއެއްގައި މިހާރު ހިންގާ ކާފިއުއާ ހިލާފު ވެގެންނާއި އާންމު ތަންތަނުގައި އުޅޭއިރު މާސްކު ނާޅައި އުޅޭތީ މި މަހުގެ މިހާތަނަށް ކުރި ޖޫރިމަނާގެ އަދަދު 1.1 މިލިޔަން ރުފިޔާ އަށް އަރައިފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑު ފެތުރެން ފެށުމާއި އެކު، ރާއްޖެއިން ވެސް ވަނީ ބައްޔާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެއާއި އެކު، ވަކި އުސޫލުތަކަކާއި ގަވައިދުތަކެއް ހަދާ އެ ގަވައިދަށް އަމަލު ނުކުރާނަމަ ޖުރިމަނާ ކުރުމަށް ނިންމިއެވެ.

މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑު ފެނުމުގެ ކުރިން ވެސް، ހަވީރު ގަޑީގައި ކާފިއު އިއުލާނުކޮށް އެ ގަޑިގައި މަގުތަކަށް ނިކުމެ އުޅުން މަނާ ކުރިއެވެ. އަދި މަގުތަކަށް ނިކުންނަ މީހުންނަށް ނަސޭހަތް ދިނުމާއި، އެ މީހެއްގެ ފަރާތުން އެކަން ތަކުރާރުވަނަމަ ޖުރިމަނާ ކުރުން ހިމެނެއެވެ.

އެއަށްފަހު އޭޕްރިލް 15 ގައި ފެނުނު ފުރަތަމަ ކޮވިޑުގެ ކޭސްއާއި އެކު، މާލެ ސަރަހައްދު ލޮކްޑައުންއަކަށް ގެނެސް މާލެ އަރާ ފޭބުން މަނާ ކުރިއެވެ. އަދި މަގުތަކަށް ނިކުތުން މަނާކޮށް، ހުއްދައެއް ނެތި ނިކުންނަ މީހުން ވެސް ޖުރިމަނާ ކުރިއެވެ.

މީގެ އިތުރުން، މާލެއަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށްފަހު ވަކި ރޭގަނޑު ގަޑިތަކުގައި މަގުތަކަށް ނިކުތުން މަނަލެވެ. އެގޮތުން މިހާރު ހިންގަމުން މިދާ ކާފިއު އާއި ހިލާފުވެގެންނާއި އާއްމުން އެއްވެ އުޅޭ ތަންތަނުގައި މާސްކު ނާޅާތީ ކުރި ޖުރިމަނާތަކުގެ އަދަދު ވަނީ 1.1 މިލިއަންއަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މިދިޔަ މަހުގެ 31 އިން ފެށިގެން މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 05:00 އަށް ބޭރުގައި ނޫޅެވޭ ގޮތަށް ވަނީ ކާފިއު އިއުލާނުކޮށްފައެވެ. މި އެންގުންތަކާ ހިލާފުވާ މީހުންގެ 1،000 ރުފިޔާއިން ޖުރިމަނާ ކުރެއެވެ.

މާސްކު ނަޅައިގެންނާއި، ކާފިއު އާއި ހިލާފުވެގެން މިހާތަނަށް 1،118 މީހަކު ވަނީ ޖުރިމަނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާސްކު ނާޅައި ބޭރުތެރޭގައި އުޅުނު 591 މީހަކާއި، ކާފިއު ގަޑީގައި ބޭރަށް ނިކުމެ އުޅުނު 527 މީހެކެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީން ވިދާޅުވީ މާސްކު ނާޅައި ބޭރު ތެރޭގައި އުޅެގެން ބައެއް މީހުންނަށް ނަސޭހަތް ވެސް ދޭން ޖެހޭ ކަމަށެވެ. އަދި ކާފިއު ގަޑީގައި ބޭރަށް ނިކުމެގެން މިދިޔަ ހުކުރު ދުވަހު އެކަނިވެސް 83 މީހަކު ޖުރިމަނާ ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ކާފިއު ގަޑިތަކުގައި މަގުތަކަށް ނިކުންނަ މީހުން މަދުވީ ނަމަވެސް، ހަވީރު ގަޑިތަކުގައި ޕާކުތަކާއި ބީޗުތަކަށް އެއްވާ މީހުން މާސްކު ނަޅާކަން ފާހަގަކުރެވޭ ކަމަށް މަތީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: