ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި

ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ

މަޝްރޫއު ކުރިއަަށްގެންދާ ކުންފުނި އެމްޓީސީީއިން ބުނީ ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިއޮގަސްޓް މަހުގެ 15ވަނަ ދުވަހު ކަމަށެވެ. އަދި މަޝްރޫޢަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ 13 އޯގަސްޓް 2020ގައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 644,000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ފަޅުފުންކޮށް ބިންހިއްކުމާއި، 1200 މީޓަރު ސަރަޙައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 85.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްލަފާ ކުރެވޭކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވ.

އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. މިއަހަރުގެ މިހާތަނަށްވެސް އެކި ރަށްތަކުގައި މަޝްރޫއުތައް އެމްޓީސީސީއިން ވަނީ ނިންމާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: