ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކާސްޓިން ކޮމިޝަނުން ޒީނާ ވަކިކުރުމުގެ މައްސަލަ އިއުލާންކޮށް، ކޮމެޓީއަށް!

ބްރޯޑްކާސްޓިން ކޮމިޝަނުން ޒީނާ ވަކިކުރުމުގެ މައްސަލަ އިއުލާންކޮށް، މައްސަލަ ކޮމިޓީއަށް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު އެ ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށައި، އެ މަސައްކަތް ކޮމެޓީން ކުރިޔަށް ގެންދިއުމަށް ފޮނުވައިފި އެވެ.

ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން ބްރޯޑްކާސްޓިން ކޮމިޝަން މެމްބަރުން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، ކޮމިޝަންގެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް އަންގަވާފައެވެ. މަޖިލީހުގެ ކޮމިޓީން ވަނީ ޒީނާ ބްރޯޑްކޮމްއިން ވަކު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަންޖެހޭކަމަށް ނިންމާ ފާސްކުރި ގޮތުގެ ރިޕޯޓު ގަވައިދުގެ ދަށުން ރައީސް ނަޝީދަށް ހުށަހަޅާފައެވެ.

މަގާމުތަކުގައި ތިބޭ މީހުން ވަކި ކުރުމަށް މަޖިލީހުގެ އުސޫލުތަކާއި އިޖުރާއަތްތައް ހަމަޖެހިފައި އޮންނަނީ އެ މަސައްކަތް ކުރިޔަށް ގެންދަން ޖެހޭކަމަށް ނިންމާ ކޮމިޓީން އެކަން މަޖިލީހުގެ ރައީސަށް ހުށަހެޅުމެވެ. އަދި އެއަށްފަހު މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާނުކޮށް، މާގާމުގައި ހުރި މީހާ މަގާމުން ވަކު ކުރުމަށް މަސައްކަތް ކުރިޔަށް ގެންދިއުމަށް އަންގާނެއެވެ.

ކޮމިޝަނުގެ މެމްބަރުކަމުން ޒީނާ ވެސް ވަކި ކުރުމަށް ނިންމާފައިވަނީ، ކުރީގެ ސަރުކާރުގައި މީޑިއާތަކާއި މެދު އަމަލުތައް ބެހެއްޓި ގޮތާއި، އަދި ނޫސްވެރިންނަށް އޮތް މިނިވަންކަން ގެއްލުވާލާ، މީޑިއާތައް ޖުރިމަނާ ކުރުމުގައި އޭނާގެ ވެސް ބައިވެރިވުން އޮތް ކަމަށް ބުނެއެވެ. މީގެ އިތުރުން ކޮމިޝަންގެ ގާނޫނީ ޒިންމާ އަދާ ނުކުރުން ވެސް އޭގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ވެސް ކޮމިޓީން ވަނީ، ބްރޯޑްކޮމްގެ މެމްބަރުން ކޮމިޝަނުން ވަކިކޮށްފައެވެ. އަދި ބައެއް މެމްބަރުން ވަނީ، މައްސަލަ ކޮމިޓީ މަރުހަލާގައި ވަނިކޮށް މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: