ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާނަރ ޗެނަލްތަކުގެ ރާއްޖޭގެ އޮތޮރައިޒް ޑީލަރަކީ މީޑިއާނެޓް، ހުއްދަނެތި ބޭނުން ނުކުރުމަށް އެދިއްޖެ

މީޑިއާނެޓް ކަސްޓަމަރުންނަށް ހިދުމަތް ދޭ މައި އޮފީސް/ ފޮޓޯ: މީޑީއާނެޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ވާނަރ މީޑިއާ އެލްއެލްސީގެ ބައެއް ޗެނަލްތަކާއި، ޓްރޭޑް މާރްކުތަކުގެ ރާއްޖޭގެ އޮތޮރައިޒް ޑީލާއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މީޑިއާނެޓުކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސަންގުއަށް މައުލޫމާތު ދެމުން މީޑިއާނެޓުގެ ޕީއާރް އެންޑް މާކެޓިން އެގްޒެކެޓިވް ޝުވެއިކާ ޝަރީފް ވިދާޅުވީ ބައެއް ޗެނަލްތައް ހުއްދައެއް ނެގުމަކާއި ނުލާ ސަބްސްކްރައިބް ކުރަމުންދާ ކަމަށެވެ. ވާނާރގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އޮޅުވާލައިގެން ބައެއް ފަރާތްތަކުން ޗެނަލްތަކުގެ ސަބްސްކްރިޕްޝަން ދޫކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެގޮތަށް އަމަލު ނުކުރުމަށް އެދޭކަމަށް ވާނާރ ގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ވާނާރ އިން ފާހަގަކޮށްފައިވާ ބައެއް ޗެނަލްތަކުގެ ތެރޭގައި، އެލްއެލްސީގެ ސީއެންއެން، އެޗްބީއޯ އަދި ކާޓޫން ނެޓްވޯކް ހިމެނެއެވެ. ވާނާރ އިން ބުނެފައިވަނީ މި ޗެނަލްތައް ބްރޯޑްކާސްޓު ކުރުމާއި ޓްރޭޑް މާކް ބޭނުން ކުރުމަށް ހުއްދަ އޮތް ރާއްޖޭގެ އޮތޮރައިޒްޑް ޑީލާރ އަކީ މީޑިއާނެޓު ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް މީޑިއާނެޓްގެ ނަންބަރު 3200900 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: