ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޕޮޒިޓިވްވި ތެލެސީމިއާ 02 ކުދިން ރަނގަޅުވެއްޖެ

އޭނާ ނިޔާވިއިރު އޮތީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނުނު ތެލެސީމިއާ 02 ކުދިން މުޅިން ރަނގަޅުވެފައިވާ ކަމަށް ތެލެސީމިއާ ސެންޓަރުން ބުނެފިއެވެ.

ދަޢުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައި މޯލްޑިވްސް ބްލަޑް ސާރވިސް އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަޙްމަދު ޢުމަރު ވިދާޅުވީ ތެލެސީމިއާ ދެ ކުދިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ދެނެގަނެވިފައިވަނީ ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން ހެދި ޓެސްޓުގެ ސަބަބުން ކަމަށެވެ. އަދި ޓެސްޓު ކުރިއިރުގައި ދެ ކުދިންގެ ފަރާތުން ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް ޑރ.ޢުމަރު ވިދާޅުވިއެވެ. އޭގެ އިތުރުން ސާދަ ދުވަހުގެ އައިސޮލޭޝަންގެ މުއްދަތުގައި ވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށް ވެސް ޑރ.ޢުމަރު ވިދާޅުވިއެވެ.

ކޮވިޑުގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު ޖުމްލަ6370 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން މިހާތަނަށް ޖުމްލަ 3915 މީހަކު ވަނީ ރަނގަޅުވެފައެވެ. މީގެ އިތުރުން މި ބަލީގައި ރާއްޖެއިން މިހާތަނަށް 25 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: