ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދޭން ނިންމައިފި

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓްރިޕްގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަކަށާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަޖެހިފައިނުވާ ފަރާތްތަކަށް ހުޅުމާލެއިން ފްލެޓް ދޭން ނިންމައިފި އެވެ.

މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދައްކަން ފަށާފައިވާ ފަރާތްތަކަށާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިޑް އިން ފްލެޓަށް ދައްކަން ޖެހޭ ފައިސާ ހަމަޖެހިފައިނުވާ ފަރާތްތަކަށް ދެ ގޮތެއް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މި ދެ ގޮތުގެ ތެރެއިން އެއްގޮތަކީ ހިޔާ މަޝްރޫއުގެ 6720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެއް ޚިޔާރުކުރުންކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ދެން އޮތް ގޮތަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޢިމާރާތް ކުރާ 1700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެއް ޚިޔާރުކުރުންކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ގޮތުން މި ދެ ގޮތުން ގޮތެއް ޚިޔާރު ކުރުމަށް ފަހު، މި މަހުގު 27 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ޚިޔާރުކުރުމުގެ ލިޔުމުގައި ސޮއިނުކުރާ ފަރާތްތަކުން ސޮއިކުރަން ޖެހޭނެއެވެ. އެހެންކަމުން މިއަދުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށް އެ މިނިސްޓްރީގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ ސާބަސް ހޭ ދީ ދިވެހި މިގައުމުގެ ދަރިންނަކީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: