ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް އައީ މީހެއްގެ ތައްޕާހަކު ނޫން، މަސައްކަތްކުރަނީ ސީދާ އޮނަރަބަލްކޮށް: ޖާބިރު

ލާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހަަށް އިންތިޚާބުވީ މީހެއްގެ ތައްޕާހުގައި ނޫންކަމަށާއި، މަސައްކަތްކުރައްވަނީ ސީދާ “އޮނަރަބަލް”ކޮށް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ހުށައެޅުއްވި  ގަރާރާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ޖާބިރަށް އަމާޒުކޮށްފައެވެ. ޖާބިރު ހުށައެޅުއްވި ގަރާރުގައި  ވަނީ އިންޝުއަރަންސް ކުންފުނިތަކުން އަމަލުކުރާގޮތުން އިންވެސްޓަރުންނަށް އެތައް ސަތޭކަ މިލިއަން ޑޮލަރުން ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދިނުމަށް ޖާބިރުގެ ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ.

ޖާބިރު މިގަރާރު ހުށައަޅުއްވާފައިވާއިރު ޖާބިރުގެ ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް  މިއަހަރުގެތެރޭގައި ވަނީ ހުކުމް ކޮށްފައެވެ. މިފައިސާއަކީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ދުވަހާއި ދެމެދު ކުރި ވިއްސާރައިގައި ޔޮޓް ޓުއާސްއިން ހިންގަމުން އަންނަ ހއ. އަލިދޫ ރިސޯޓަށް ކުރި ގެއްލުންތަކާއި ގުޅިގެން އެލައިޑުން ދައްކަންޖެހޭ ފައިސާއެވެ. އެލައިޑާއި ދެމެދު ސޮއިކޮށްފައިވާ ފަޔާރ އިންޝުއަރެންސް ޕޮލިސީގެ ދަށުން މިފައިސާ 2019 އަހަރުގެ ޖުލައި މަހުން ފެށިގެން ހަ މަސް ދުވަހުގެތެރޭ މަހުން މަހަށް ދައްކައި ޚަލާސްކުރުމަށް ވަނީ އެލައިޑްގެ މައްޗަށް ހުކުމްކޮށްފައެވެ.

އެހެންނަމަވެސް، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް މިފައިސާ ދައްކަމުންނުދާތީ ޖާބިރު ވަނީ ހުކުމް ތަންފީޒްކޮށްދިނުމަށް އެދި  ސިވިލް ކޯޓަށް ހުށައަޅުއްވާފައެވެ. އަދި ކޯޓުން ކުރި ހުކުމާއި އެއްގޮތަށް ޔޮޓް ޓުއާޒް ކުންފުންޏަށް ދޭންޖެހޭ ބާވީސް މިލިއަން ހަތްލައްކަ އަށްޑިހަ ހަތަރުހާސް އަށް ސަތޭކަ ތިރިސް ހަތެއް ޕޮއިންޓް ފަހެއް ނުވައެއް މިލިއަން ޑޮލަރު ދައްކަމުންނުދާތީ ޖާބިރު ވަނީ މީގެކުރިންވެސް މިކަމުގައި ވާހަކަފުޅު ދައްކަވާފައެވެ.

މިމައްސަލަ މިހެން އޮއްވައި، މަޖިލީހަށް ގަރާރު  ހުށައެޅުއްވުމާއި ގުޅިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ވަނީ މިގަރާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ގަރާރުގައި ބަޔާންކޮށްފައި ނެތަސް، މިއީ ކަނޑައެޅިގެން އެލައިޑް އިންޝުއަރަންސްއިން ފައިސާ ދައްކަމުންނުދާތީ އެކަމާއި ގުޅިގެން ހުށައަޅުއްވާފައިވާ މައްސަލައެއްކަން އެނގޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން، މިއީ މަޖިލީހުގައި ޖާބިރު އިންނަވައިގެން މަގާމުގެ ނާޖައިޒް ފައިދާ ބޭނުން ،ކުރެއްވުންކަމުގައި ޝަރީފް ވިދާޅުވިއެވެ. އަދި އަމިއްލަ މަސްލަހަތު ހިމެނޭ އެއްވެސް ކަމެއްގައި މައްސަލަތައް ހުށަނޭޅޭނެ ކަމަށް ކަނޑައެޅިގެން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިފަދަ ގަރާރުތައް މަޖިލީހުގެ އެހެން މެމްބަރުންވެސް “އެންޓަޓެއިން” ނުކުރެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

އަޅުގަނޑަށްވެސް ގަރާރުގައި ސީދާ އެކަން ނެތްކަން. އެކަމަކު އަޅުގަނޑު ލޯނަކަށް އެދި ހުށައަޅައިގެން ލޯނު ނުލިބި އޮއްވާ، އަޅުގަނޑު މި ހުށައަޅަނީ މަޖިލީހަށް ގަރާރެއް ހުރިހާ ރައްޔިތުންނަށް ބީއެމްއެލްއިން ލޯނު ދޫކުރުމަށް. އެހެންވީމާ، އޭގައި އަޅުގަނޑުގެ މަސްލަހަތުވެސް އެބައޮތް. މިއީ އެއްގޮތަކަށްވެސް ފާސްކުރަންވާނެ ގަރާރެއް ނޫން. މިކަމުގެ ސަބަބުން އިންޝުއަރަންސް އިންޑަސްޓްރީ ބަނގުރޫޓުވެ، ރައްޔިތުންނަށް އެމީހުންގެ ފުރާނައާއި މުދާ އިންޝުއަ ކުރުމަށް ލިބޭ ހުރިހާ ފުރުސަތެއް ބަންދުވާނެ ފަދަ ނުރައްކާތެރި، ބިރުވެރި ގަރާރެއް މިއީ”

މެމްބަރު ޝަރީފްގެ މިވާހަކަތަކަށް ރައްދު ދެއްވައި  ޖާބިރު ވިދާޅުވީ، އިންޝުއަރ ކުރާއިރު ދެފަރާތުގެ ހައްގުތައް އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މެމްބަރު ޝަރީފް ވާހަކަފުޅު ދެއްކެވީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ ނިވާފަންގަނޑުގެ ދަށުގައި ހުރެގެން، ގަރާރުގައިވާ އެއްޗެއް ނުވެސް ކިޔާ ކަމަށެވެ. ގަރާރުގައި އެލައިޑް އިންޝުއަރަންސްއާއި ގުޅުންހުރި އެއްވެސް ވާހަކައެއް ނެތް ކަމަށާއި، އޮތްހާވެސް ވާހަކައަކީ އިންޝުއަ ކުރުމުގައި ސްޓޭންޑަޑެއް ކަނޑައެޅުމަށް ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު މަޖިލީހުގައި މަސައްކަތްކުރަނީ ވަކި މީހެއްގެ ތައްޕާހުގައި ޖެހިގެނެއްނޫން. އަޅުގަނޑު މަސައްކަތްކުރަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ހޮވީ، ކާށިދޫ ދާއިރާގެ މެމްބަރުން އަޅުގަނޑަށް ތާއީދުކުރައްވާތީ. އެމްޑީޕީގެ ތައްޕާހަކުންވެސް، އަދި މީހެއްގެ ތައްޕާހަކުންވެސް ނޫން މަޖިލީހަށް އައީ. އަޅުގަނޑު ކުރާ މަސައްކަތް މިކުރަނީ. ސީދާ އޮނަރަބަލްކޮށް، އަޅުގަނޑު ކުރާ މަސައްކަތް ދިވެހިންނަށް ސާފުވާނެހެން.

ޖާބިރު ވިދާޅުވީ، މިކަން ނުކުރާ މީހަކަށް މިއީ ކިހާވަރެއްގެ ކަމެއްކަން ނޭންގޭނެ ކަމަށެވެ. ރާއްޖޭގެ އިންޝުއަރަންސް ކުންފުނިތައް ފެއިލްވެއްޖެކަމަށްވާނަމަ އެއީ މުޅި ރާއްޖެއަށް ލިބިގެންދާނެ ގެއްލުމެއް ގޮތުގައި ފާހަގަކުރެއްވިއެވެ.

އިންޝުއަރެންސްއާއި ގުޅޭ ގޮތުން ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ  ބަހުސް މަރުހަލާ ނިމުމުން ވަނީ ވޯޓަށް އަހާފައެވެ. އެގޮތުން ގަރާރު ބަލައިގަތުމަށް ދެ މެމްބަރުން ވޯޓު ދެއްވިއިރު ގަރާރު ބަލައި ނުގަތުމަށް58 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ވަރަށް ގަދަ
68%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: