ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްލި ޚަބަރު: ޖަނަވަރީ މަގުގައި އަލިފާނުގެ ހާދިސާއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަނަވަރީ މަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައުފިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނ :ވެސްޓާރ” ފިހާރައޮގައެވެ.

މަޖީދީ މަގުން ގޮސް، ޖަނަވަރީ މަގަށް ވާ ހިސާބުގައި ހުރި އެ ފިހާރައަކީ ހެދުން ވިއްކާ ފިހާރައެކެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބިފައިވަނީ މެންދުރު 13.08 ގައި ކަމަށެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، ފިހާރަ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. އަދި ބޮޑަށް ހުޅުގަނޑު ރޯވި ސަބަބެއް ކަމަށް ބެލެވެނީ ވެސް ހެދުންތަކުގައި ފަސޭހައިން ރޯވުމުގެ ސަަބުންނެވެ.

މިހާތަނަށް ބެލި ބެލުމުން އަލިފާން އެންމެ ފުރަތަމަ ރޯވީ، ފިހާރައިގެ އޭސީ އައުޓްޑޯގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

އަލިފާން ރޯވި ވަގުތު، ޖަނަވަރީ މަގު އެކީ އޮތީ ދުމުން ފުރިފައެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެ ސަރަހައްދަށް މީހުން އެއް ނުވުމަށް ފުލުހުންނާއި، އަދި ސިއްހީ އިދާރާތަކުން އިލްތިމާސް ކުރި ނަމަވެސް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް އެއްވިއެވެ، އެހެން ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވި މީހުން މަޖީދީ މަގު ދަމަނަ ވެށި ކައިރީ ފަހަތަށް ޖައްސާފައެވެ.

މާލޭގައި ދޭތެރެ ދޭތެރެއިން ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާއިރު، މި ހަފްތާގެ ހުކުރު ދުވަހު ހެންވޭރު ޑޮލަރު އޭޓިއެމް ކައިރީ ހުންނަ ޓިއޯލޯ ނަމަކަށް ކިޔާ ކެފޭއްގައި ރޯވެ، އެ ކެފޭ އާއި ޖެހިގެން ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާ އަދި އުރީދޫގެ އޮފީހުގެ އިމާރާތުގައި ވަނީ ރޯވެފައެވެ. އަަދި އެ އިމާރާތް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

 

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު: ފޮޓޯ އަހުމަދު ފައިރޫޒް
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: