ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއަށް މަސް ކިލޯއަކުން ތިން ރުފިޔާގެ ގެއްލުން ވޭ: ޒަހާ

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު/ ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސް ކުންފުނި މިފްކޯއިން މަސް ގަތް އަގާއި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީއަށް ބަލާއިރު އެވެރެޖްކޮށް ކިލޯއަކުން ތިން ރުފިޔާ އާއި ހަތަރު ރުފިޔާ އާއި ދެމެދުގެ އަގެއްގެ ގެއްލުމެއް ލިބިފައިވާ ކަމަށް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޒަހާ މިއަދު ހާޒިރުކޮށްފައިވަނީ މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާތައް ލަސްވަމުންދާތީ އެވެ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށަހެޅި އެ ސުވާލަށް ޒަހާ ވިދާޅުވެފައިވަނީ މިފްކޯއަކީ ދަރަންޏަށް ޒިންމާވާ ދައުލަތުގެ ކުންފުންޏެއް ނަމަވެސް، މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މަސްވެރިން ވިއްކާ މަހަށް ފައިސާ ނުލިބޭ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ފައިސާ ދިނުން އެންމެ ބޮޑަށް ލަސްވާ އެއް ސަބަބަކީ، ކުންފުނިން މަސް ގަންނަމުންދާ އަގު ކަމަށެވެ. އަދި މިއީ އެކްސްޕޯޓު ބަޒާރަށް ބަލާއިރު ގެއްލުމެއްކަމަށް ޒަހާ ވިދާޅުވިއެވެ.

“މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވުމުގައި ގިނަ މައްސަލަތަކެއް އެބަހުރި. މި މައްސަލައިގެ އަސްލު ގުޅިފައިވަނީ މިފްކޯއިން މަސް ގަންނަމުންދާ އަގު. މިހާރު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ އެކްސްޕޯޓް ބާޒާރުގައި ލިބޭ އަގަށް ބަލާއިރު ގެއްލުމުގައި” ޒަހާ

މަޖިލީހުގައި ޒަހާ ވިދާޅުވެފައިވަނީ މިފްކޯއަށް ލިބޭ ގެއްލުންތައް ފޫބައްދަނީ ސަރުކާރުން ދޫކުރާ ލޯނާއި، އެސްޓީއޯއިން ދޭ ފައިސާއިން ކަމަށެވެ. މިފްކޯގެ މާލީ ހާލަތު ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު، ޒަހާ ވިދާޅުވީ ކުންފުނީގެ ހިންގުމުގެ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އަދި އެ އިހުމާލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް އިތުރުވަމުން ދާ ކަމަށް ޒަހާ ވަނީ ވިދާޅުވެފައެވެ.

ޒަހާ ވިދާޅުވީ މިފްކޯއިން މަސައްކަތް ކުރަންޖެނެނީ ވެލިއުއެޑްކޮށްގެން އެކްސްޕޯޓު ކުރުން އިތުރު ކުރަން ކަމަށެވެ. އަދި ގަނޑު ކުރި މަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅެންޖެހޭ ކަމަށް ޒަހާ ވަނީ ވިދާޅުވެފައެވެ.

ސައުދީގެ އެހީގައި ގއ. ކޫއްޑޫ ތަރައްގީ ކުރުމަށް 11.76 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާއިރު ފެލިވަރު ތަރައްގީ ކުރުމަށް 12.9 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޒަހާ ވިދާޅުވިއެވެ.

ލަންކާ އިން “މޯލްޑިވް ފިޝް” ގެ ނަމުގައި، ޔޫރަޕާއި އެހެން ގައުމުތަކަށް މަސް އެކްސްޕޯޓްކުރާ މައްސަލަ ބޮޑުވެފައިވާއިރު، މެމްބަރުންގެ ކަންބޮޑުވުންތަކަށް ޒަހާ ރާއްޖޭގެ މަސް ބްރޭންޑެއްގެ ގޮތުގައި ޕޭޓަންޓް ކުރަން ގާނޫނެއް ބޭނުންވާ ކަމަށެވެ. ޕޭޓަންއަކީ އަމިއްލަ އުފެއްދުންތަކަށް ގާނޫނީ ހިމާޔަތް ދޭ އުސޫލެކެވެ.

ޒަހާ ވިދާޅުވީ ގޮތުން ލަންކާއަށް އެކްސްޕޯޓު ކުރާ މަހުން ރާއްޖެއަށް މާ ބޮޑު އަގެއް ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: