ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަލަ ބޭންކްއިން ރާއްޖެއަށް މަޝްއޫރު ޖޯޓަން ބްރޭންޑްގެ ޑެކަރެޓިވް ކުލަ ތައާރަފް ކޮށްފި

ކަލަރބޭންކް އިން ރާއްޖެއަށް މަޝްއޫރު ޖޯޓަން ބްރޭންޑްގެ ޑެކަރެޓިވް ކުލަ ތަޢާރަފް ކުރުން/ ފޮޓޯ: ކަލަބޭންކް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަލަރބޭންކް އިން ރާއްޖެއަށް މަޝްއޫރު ޖޯޓަން ބްރޭންޑްގެ ޑެކަރެޓިވް ކުލަ ތަޢާރަފް ކޮށްފިއެވެ.

މިއީ ޖޯޓަންގެ ޑެކަރެޓިވް ކުލައާއި ވަރުނީސްތަކެކެވެ. އަލަށް ތައާރްފް ކުރި ޖޯޓަން އާއި ގުޅޭގޮތުން މައުލޫމާތުތައް ހިއްސާކޮށް ކަލަބޭންކުން ބުނެފައިވަނީ ކުލަ އާއި ހާއްސަ ލަކުޑީގައި ލާނެ ޖޯޓަން ދަވާދުގެ އިތުރަށް ޑެކެރެޓިވް ކުލަ އާއި ދަވާދަކީ ގޭގޭގައި ލުމަށާއި ބޮޑެތި އިމާރާތްތަކުގައި ލާންވެސް ބޭނުންކުރެވޭނެ ވަރަށް ފެންވަރު ރަނގަޅު ކުލައެއް ކަމަށެވެ.

ކަލަބޭންކް އިން މައުލޫމާތު ދިން ގޮތުގައި ޖޯޓަންގެ ކުލަ ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ. އެގޮތުން 200 ރުފިޔާ އާއި 1500 ރުފިޔާ އާއި ދެމެދުގައި ޖޯޓަން ޑެކެރެޓިވް ކުލަ ގަންނަން ލިބޭނެއެވެ. ޖޯޓަން ކުލަ 04 ލީޓަރާއި 18 ލީޓަރުގެ ދަޅުގައި ލިބެން ހުންނާނެއެވެ.

ކަލަބޭންކުން ރާއްޖެއަށް އަލަށް ތައާރަފްކުރި ޖޯޓަން ބްރޭންޑް އަކީ ނޯވޭ އަށް ނިސްބަތްވާ ޑެކަރެޓިވް ކުލަ އަދި ދަވާދު، ލަކުޑިއަށް ޙާއްސަ ކުލަ އާއި ވަރުނީސް އުފެއްދުމަށް ނަންމަޝްހޫރު ތަޖުރިބާކާރު ކުންފުންޔެކެވެ. އަދި ޖޯޓަން އަކީ ކަނޑުމަތީ އުޅަނދުފަހަރުގައި ލާނެ ދަވާދު އަދި އެންޓިފައުލިންގް ހެދުމުށްވެސް މަޝްހޫރު ކުންފުންޏެއްކަން ފާހަގަކުރެވެއެވެ.

ޖޯޓަން ގްރޫޕްއިން ވަނީ ދުނިޔޭގެ ނަންމަޝްހޫރު ބޮޑެތި އިމާރާތްތަކަގައި ކުލަ އަދި ޕްރޮޓެކްޓިވް ކޯޓިންގްސް ފޯރުކޮށްދީފައެވެ. އެގޮތުން ދުބާއިގެ ބުރުޖް ޙަލީފާ، ސިންގަޕޫރުގެ މަރީނާ ބޭ ސޭންޑްސް އަދި ޕެރިސްގައި ހުންނަ މަޝްހޫރު އައިފަލް ޓަވަރު އަށް ކުލަ ފޯރުކޮށް ދީފައިވަނީ ޖޯޓަން ގްރޫޕް އިންނެވެ.
ޖޯޓަން ޑެކަރެޓިވް ރޭންޖްގެ ކުލަތަށް ކަލަރބޭންކް މަޖީދީމަގު ބްރާންޗްގެ އިތުރަށް ހުޅުމާލޭގައި ހުންނަ ކަލަރބޭންކް ހޯމް އިންވެސް ލިބެން ހުންނާނެއެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެބްސައިޓު މެދުވެރިކޮށް ވެސް ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމަށް ކަލަބޭންކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކަލަރބޭންކް އަކީ 1994 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އިމާރާތްތަކުގައި/ގޭގޭގައި ލާނޭ ފެންވަރު ރަނގަޅު ކުލަ، ދަވާދު، ފިހި، ރޯލަރު، ވަރުނީސް އާއި އޮޑި ދޯނި ފަހަރުތަކުގައި ލާނެ ކުލަ އާއި އެންޓިފައުލިން، ކާރު އަދި ސައިކަލުގައި ލާނެ ކުލައިގެ އިތުރުން އެއިރޯސްޕޭސް ކޯޓިންގްސްގައި ލާނެ ދަވާދު ވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 93%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: