ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތަކަށް ނެއިބަހުޑް ޕޮލިސް ތައާރަފްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގެ ރަށްތަކަށް ނެއިބަހުޑް ޕޮލިސްގެ ޚިދުމަތް ތައާރަފް ކުރަން މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ މިދިޔަ އަހަރު ފެށި ނެއިބަހުޑް ޕޮލިސްގެ ޚިދުމަތަށް ގިނަ ބައެއްގެ ތާއީދާއި އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި އިތުރު ދެ ސަރަހައްދެއްގައި ނެއިބަހުޑް ޕޮލިސްގެ ޚިދުމަތް ތައާރަފް ކުރާނެކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ބޭނުމަކީ ވީހާވެސް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އެގޮތުން ރަނގަޅު ޕޮލިސީތައް ދިވެހި މުޖުތަމައަށް ފެތޭގޮތަށް ބަދަލުކޮށްގެން ތައާރަފް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ނެއިބަހުޑް ޕޮލިހުންގެ މަސައްކަތަކީވެސް އެފަދަ ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެކުނު ނުވަތަ އުތުރުގެ ދެ ސަރަހައްދެއްގައި ނެއިބަހުޑް ޕޮލިސް ޕްރޮޖެކްޓް، ޕައިލެޓް ޕްރޮގްރާމެއް ގޮތުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާރުވެސް މާލޭ ސަރަހައްދުގެ އިތުރަށް އައްޑޫ ސިޓީގައި ނެއިބަހުޑް ޕޮލިސްގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

ނެއިބަހުޑް ޕޮލިސް ޚިދުމަތުގެ ދަށުން ފުލުހުންނާއި ކަންކަމުގައި މަޝްވަރާ ކުރެވި، ޝަކުވާ ހުށައެޅުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: