ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ޝަރީއަތް ތަކުގައި ފޯނާއި ލެޕްޓޮޕް ގެންގުޅުމުގެ ހުއްދަ ދީފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގައި ކުރިއަށް ދާ ޝަރީއަތްތަކުގައި، ފޯނާއި ލެޕްޓޮޕް ގެންގުޅުމުގެ ހުއްދަ ވަކީލުންނަށް ދިނުމަށް މިައދު އެކޯޓުން ވަނީ ނިންމާފައެވެ.

މިއަދު ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ކޮވިޑް-19އާ ގުޅިގެން ޝަރީއަތްތަކުގައި ކަރުދާސް ބޭނުންކުރުން މަދުކޮށް، ލިޔުންތަކުގައި ޑިޖިޓަލް ކޮޕީ ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުމަށާއި، އަޑުއެހުންތައް ތާވަލު ކުރުން ފަސޭހަ ކުރުމުގެ ގޮތުން އެ ކޯޓުގެ ޝަރީއަތުގެ މަޖިލިސްތަކަށް ލެޕްޓޮޕާއި ފޯނު އަދި ޓެބްލެޓު ފަދަ ތަކެތި ވައްދަން ހުއްދަ ދޭން އެ ކޯޓުގެ ފަނޑިޔާރުން މަޖިލީހުން މިއަދު ވަނީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ، އަޑުއެހުންތަކުގެ ތާވަލު ހަމަޖައްސަން ވަކީލުންނާ މަޝްވަރާ ކުރާ އިރު ފޯނާއި ލެޕްޓޮޕް ފަދަ ވަސީލަތްތައް ނުވެއްދޭތީ ތާވަލު ބަލަން ވަކީލުންނަށް ދަތިވާތީ އެވެ. އަދި އެގޮތަށް ތާވަލު ބަލަން ވަކީލުންނަށް ފުރުސަތު ދޭން އަޑުއެހުން މެދުކަނޑާލަން ޖެހި ކޯޓުގެ ވަގުތުތައް ގެއްލޭ ކަމަށެވެ. ލެޕްޓޮޕާއި ފޯނާއި ޓެބްލެޓު ފަދަ ތަކެތި ވައްދަން ހުއްދަ ދިނީ މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އެ ކޯޓުން ބުންޏެވެ.

ލެޕްޓޮޕާއި، ފޯނާއި، ޓެބްލެޓް ފަދަ ތަކެތި ކޯޓު ރޫމަށް ވެއްދުމުގެ ފުރުސަތު ދިން ނަމަވެސް އެ ތަކެތިން އޯޑިއޯ ރެކޯޑު ކުރުމާއި ވީޑިއޯ އަދި ފޮޓޯ ނެގުން މަނާ ވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ކަމެއް ކޮށްފި ނަމަ ފިޔަވަޅު އެޅުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: