ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅުވިއިރު، ޚަރަދުކުރި ގޮތްވެސް އެނގެންޖެހޭ: ނިޔާޒް

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ބޮލުގައި 74 ބިލިއަން ރުފިޔާގެ ދަރަނި އެޅުވިއިރު، އެ ފައިސާ ޚަރަދު ކުރިގޮތެއްވެސް އެގެންޖެހޭނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޔާޒް އޭނާގެ ފޭސްބުކްގައި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ  ރައްޔިތުންގެ ބޮލުގައި 74 ބިލިއަން ރުފިޔާގެ ދަރަނި އެޅުވިއިރު، އެ ފައިސާ ދަރަންޏަށް ނެގުމުން ރައްޔިތު މީހާގެ ދިރިއުޅުމުގެ ހާލަތަށް އައި ހެޔޮ ބަދަލަކީ ކޮބައިތޯ ސުވާލުކުރަންޖެހޭ ކަމަށެވެ.

އަންނަން އޮތް ޖީލުތަކުގެ ބޮލުގައި އެހާ ދަރަންޏެއް އެޅުވިއިރު، އެ ޖީލުތަކަށް އެފައިސާ އިން ކުރީ ކޮން ކަމެއްތޯ ވެސް ސުވާލު އުފައްދަންޖެހޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

“ދިވެހި ރައްޔިތުންގެ ބޮލުގައި 74 ބިލިއަން ރުފިޔާގެ ދަރަނި އެޅުވިއިރު، އެ ފައިސާ ދަރަންޏަށް ނެގުމުގެ ނަތީޖައެއްގެ ގޮތުން ރައްޔިތު މީހާގެ ދިރިއުޅުމުގެ ހާލަތަށް އައި ހެޔޮ ބަދަލަކީ ކޮބައިތޯ ކޮންމެ ރައްޔިތަކު ވެސް މިއަދު ސުވާލު ކުރަންޖެހޭ” ނިޔާޒް

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރައިފައިވެއެވެ.

އެގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.

މި އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ރާއްޖޭގެ އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގައެވެ. އެއީ އަދި ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް ހީނަރުކަން އައިސްފައިވާއިރު ސަރުކާރުން އަންނަނީ ދައުލަތް ހިގުމަށްޓަކައި ބޭރުގެ އެކި މާލީ އިދާރާތަކުން ހިލޭ އެހީ އާއި ލޯނުތައް ނަގަމުންނެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން އެކި ގޮތްގޮތުން މިހާތަނަށް 222 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ) ދައުލަތަށްވަނީ ލިބިފައެވެ.

ކޮވިޑް 19 އާ ގުޅިގެން ދަތިތަކެއް ކުރިމަތިވެފައި އޮތަސް، ރާއްޖެ އޮތީ ހާލުގައި ޖެހިފައި ނޫން ކަމަށާއި ދައުލަތް މެނޭޖް ކުރެވޭ ވަރަށް ފައިސާ ލިބެމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވެފައިވަނީ ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެ ކަމަށެވެ. ކޮވިޑް 19 އާ ގުޅިގެން މިހާތަނަށް އެކި ގޮތްގޮތުން 222 މިލިއަން ޑޮލަރު ރާއްޖެ އަށް ލިބުނުއިރު، އޭގެ ތެރޭގައި ލޯނާއި ހިލޭ އެހީ ވެސް ހިމެނެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓްގެ ތެރޭގައި ޑެފިސިޓްގެ ގޮތުގައި އޮތީ 6 ބިލިއަން ރުފިޔާ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން، އާމްދަނީ އެތައް ގުނައެއް ދައްވުމާއެކު އަދަދު 15 ބިލިއަނަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަލަ ހަމައެކަނި މިހާރުބާ ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންއެއް އެޅުވާ ހަރަދުވިގޮތް ނޭގުނީ. ނިޔާޒު ޢިބްރާރީމް ޢޮޑިޓަރ ޖެނެރަލް އަކަށް ހުރިއިރު ޜައްޔިތުންގެ ބޮލުގައި ޢެތައްމިލިއަން ޜުފިޠާއެއްގެ ޑަރަނި އެޅުން ޢިރުވެސް ޒިޔާޒު ހުރީ ޙަނު އައިޖީ އެމްއެހަގެ 25 ބުރިއިމާރާތާ ބުރިޖާ ޙުޅުމާލޭ ފުލެޓްތަކާ ބޭކާރު މިނިވަން 50 އަށް ހަރަދު ކުރި އެތައް ބޭކާރު ހަރަދުތައް ކޮބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: