ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަހީދު ނިޔާޒްއަށް: ބިނާވެށި ޕްލޭނު ކުރުމުގެ ބިލު ޕާކުކޮށްފައި އޮތީ، ސަރުކާރުން އެކަން އެގޮތަށް ބޭނުންވާތީ

މެމްބަރު ވަހީދު އަދި މެމްބަރު ނިޔާޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށްޓަކައި އެކުލަވާލެވިފައިވާ ބިލެއް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ގަސްތުގައި ހިފަހައްޓަވައިގެން އުޅުއްވާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ތުހުމަތުކުރައްވައިފިއެވެ.

ބިނާވެށި ޕްލޭނުކުރުމުގެ ބިލު ހުއްޓުވާފައިވާކަމަށް އިޝާރާތްކުރައްވާ ވަހީދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ނިޔާޒްއަށް ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި އިހުމާލުތަކެއް ވެފައިވާކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ނިޔާޒް ހުންނެވީ، ބިނާވެށި ޕްލޭނު ކުރުމުގެ ބިލު ގަސްތުގައި “ކިހިއްތަށް” ޖައްސަވައިގެންކަމަށެވެ. އަދި އެގޮތުގެ މަތިން އޭނާވަނީ ތިން އަހަރު ބޭކާރު ގޮތުގައި ދުއްވާލާފައިކަމަށްވެސް ވަހީދު ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ، ނިޔާޒް އުޅުއްވަނީ އެކަމުގައި ޒިންމާ ނުނެންގެވުމަށްކަމަށެވެ. އަދި އޭނާ ޒިންމާއިން ރެކުމައްޓަކައި ދޮގު އުކުޅުތަކެއް ގެންގުޅުއްވާކަމަށްވެސް ވިދާޅުވެފައިވާއިރު، އެ އުކުޅުތަކަކީ މޮޅު އެއްޗެއްގެ ގޮތުގައި އެއްވެސް ބަޔަކު ބަލައި ނުގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، ނިޔާޒްކުރައްވަމުންދާ ކަމަށް ކިޔަނީ މަކަރާއި ހީލަތްކަމަށެވެ.

ވަހީދު ކުރެއްވި ޓްވީޓަށް ނިޔާޒްވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ މައްސަލައާއި ގުޅޭގޮތުން، ވަހީދާއި ދެމެދު ބަހުސްތަކެއް ކުރައްވަން އޭނާ ނުއުޅުއްވާކަމަށެވެ. އަދި ރައްދު ދެއްވަން ބޭނުންވެވަޑައިނުގަންނަވަނީ ވަހީދަކީ އެ ބިލާއި ބެހޭ ކޮމިޓީގެ ނައިބު މުގައްރިރުކަމަށްވުމުންކަމަށް ނިޔާޒް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެހެންކަމުން ބިލުގެ މަސައްކަތްތައް ލަސްވެފައިވާ ސަބަބު، ވަހީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެ ބިލު ފާސްވުމުގެ ކުރިން އިސްލާހު ކުރަންޖެހޭ މުހިންމު އެހެނިހެން ބިލުތައް ހުރިކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މަޖިލީހުގެ މަސައްކަތްތައް އަލުން ފަށަން ޖެހޭކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ވަހީދުވަނީ ނިޔާޒްއަށް އަނބުރާ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ނިޔާޒް ދެންވެސް ދެއްކެވީ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް އޮތީ، ސަރުކާރުން އެގޮތަށް އެކަން ބޭނުންވުމުންކަމަށެވެ. އޭނާ ވިދާޅުވީ، ނިޔާޒް ހުންނެވީ އެ ބިލު ޕާކުކޮށްލައްވައިގެންކަމަށެވެ. އަދި އެއީ ކައުންސިލުތަކުގެ އިޚްތިސާސް ދޫނުކޮށް ހިފަހައްޓަން ސަރުކާރުން ބޭނުންވުމުން ނިޔާޒް ހިންގަވަމުންދާ އަމަލެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: