ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ އެންމެ ދަތިދުވަސްވަރު އެސްއެމްއީގެ ތެރެއިން އެންމެ ބޮޑެތި ލޯނުތައް ދިނީ މަޖިލީސް މެމްބަރުންނަށް: ވައްޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ދަތި ދުވަސްވަރު އެސްއެމްއީގެ ތެރެއިން އެންމެ ބޮޑެތި ލޯނުތައް ދޫކުރީ މަޖިލީސް މެމްބަރުނަށްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަހީދުވަނީ ސަރުކާރުގެ އަމަލުތައް ހުރިގޮތް ފާހަގަކުރައްވާ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ އިގްތިސާދަށް ގެއްލުންތައް ލިބިގެންދާފަދަ އަމަލުތައް ހިންގާފައިކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުންވަނީ ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 15،000 ވަޒީފާ އުފައްދާފައިކަމަށެވެ. އޭނާ ވިދާޅުވީ، ފެނަކަ ފަދަ ކުންފުނިތަކުން އެފަދަ ކަންކަން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގެ ދަރަނި ދެ ބިލިއަނަށްވުރެ ބޮޑުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުނިން ބަޔަކާއި އެއްބަސްވެގެން ކުރުވާ މަސައްކަތްތަކަށް ފައިސާ ނުދައްކާކަމަށެވެ.

އެހެންނަމަވެސް ސަރުކާރުންވަނީ ވޯޓަށްޓަކައި، ދަރަނީގެ މަތީގައި ފީ އަށިތަކެއް އަޅައިގެން މީހުން ބައިތިއްބާފައިކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އޭގެ ސަބަބުން ގެއްލުންތައް ލިބިގެންދަނީ ދައުލަތަށް އެކަނި ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުންނަށްވެސް އަސަރުތައް ކުރާކަމަށެވެ.

އޭނާ ވިދާޅުވީ، ދަނޑުވެރިކަން ފަދަ ދާއިރާތަކުގައި ޝާމިލުވާ ފަރާތްތަކަށް ފެނަކަ ފަދަ ކުންފުނިތަކުން ވަޒީފާއެއް ދިނުމުން  މަސައްކަތްތައް ހުއްޓިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ކޮންޓްރެކްޓު ވަޒީފާވުމުން ދައުރު ނިމުމުން އެ ވަޒީފާތައް ގެއްލިގެންދިއުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި އިހު ކުރަމުންދިޔަ މަސައްކަތްތަކަށް ރުޖޫއަވުންވެސް ދަތިކަަމަކަށްވެގެންދާނެކަމަށް ވަހީދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށްވެސް ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި އިގްތިސާދަށްވެސް ބޮޑެތި ގެއްލުންތައް ދީފައިވާކަމަށާއި ކުރެވެމުންދިޔަ މަސައްކަތްތައްވެސް ފުނޑުފުނޑުކޮށްލައްވާފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ އިތުރުން ސިއްރިއްޔާތުގައިވެސް ކަންކަން ކުރައްވާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ވިއްކާލުމަކީ އެފަދަ ކަމެއްގެ މިސާލެއްގެ ގޮތުގައި ވަހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ އާ ގާނޫނު އަސާސީ ވުޖޫދުކުރުމަށްފަހު ހޯދިފައިވާ އެންމެހާ ޑިމޮކްރެޓިކް ކުރިއެރުންތަކެއް ފަހަތައް ދުއްވާލާފައިކަމަށެވެ.

ވަހީދު ވިދާޅުވީ، ކުރީގެ ބެންކިންގެ ނިޒާމުގެ ބޭރުން ސަރުކާރުގެ ބޮޑުންނަށް ލޯނު ދީ ގެތައް އިމާރާތްކޮށްފައި ހުރުމުން ، އެ ބޭފުޅުންނަށް ލޯނުސްޓާރގެ ގޮތުގައި ނިސްބަތްކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ ބައެއް މަޖައްލާތަކުން އަދިވެސް އެ ވާހަކަތައް ފެނިގެންދާކަމަށެވެ. އެހެންނަމަވެސް އަނެއްކާވެސް އެފަދަ އަމަލުތައް ފެންނަމުންދާކަމަށް އޭނާ ސިފަކުރެއްވިއެވެ. ވަހީދު ވިދާޅުވީ، ކޮވިޑް19 ގެ ސަބަބުން އެންމެ ދަތިވެގެންދިޔަ ދުވަސްވަރުގައިވެސް އެސްއެމްއީގެ ތެރެއިން އެންމެ ބޮޑު ލޯނުތަކެއް ދީފައިވަނީ މަޖިލީހުގެ މެމްބަރުންނަށް ކަމަށެވެ.

މީގެއިތުރުން ސަރުކާރުން ކޮންޓްރެކްޓުކޮށް މަސައްކަތެއް ހަވާލުކުރާނަމަވެސް ކުރަނީ ސަރުކާރުގެ އިސް މެމްބަރުންނަށާއި އަރިސް މީހުންނަށްކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހަވާލުކުރެވޭ މަސައްކަތްތައް ނިމިގެންވެސް ނުދާކަމަށެވެ. އެގޮތުން 190 ދުވަހުން ނިންމުމަށް ހަވާލުކުރާ މަސައްކަތްތައް ފަސް އަހަރު ދުވަހަށް ދިގުދެމިގެންދާކަމަށް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ތަރައްގީގެ މަސައްކަތްތައް ހިންގަވާކަމަށް ދައްކަވަމުންދަނީ ދޮގު ވާހަކަތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތްތައް ފަށާފައިވާނަމަވެސް 2019 ވަނަ އަހަރު ފެށި މަސައްކަތްތައް އަދިވެސް ނިމިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ، ށ މާއުނގޫދޫގައި 2019ގައި ފެށި ނަރުދަމާ އެޅުމުގެ މަޝްރޫޢުއަކީ އެެފަދަ ކަމެއްގެ މިސާލެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: