ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑަރުން ފިލާކަމަށް އިމްރާން ބުނުމުން މޭޑޭގައި އޭނާ އަމަލުކުރެއްވި ގޮތް ހަނދުމަކޮށްދެއްވައިފި!

މެމްބަރު ވަހީދު އަދި މިނިސްޓަރު އިމްރާން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުންނަކީ ރައްޔިތުން ލައްވާ ގޯސްތަކެއް ހެއްދެވުމަށްފަހު ފިއްލަވާ ބައެއްކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވުމާއިއެކު، މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މޭޑޭގެ މުޒާހަރާގައި އިމްރާން އަމަލުކުރެއްވި ގޮތް އޭނާއަށް ހަނދުމަކޮށްދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުއްވައި މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ނުސީދާ ގޮތަކަށް އިދިކޮޅުގެ ލީޑަރުންނަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. ވަކި ފަރާތަކަށް ނިސްބަތްނުކުރައްވާ އިމްރާން ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ، ސިޔާސީ ލީޑަރުންގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ފަރާތްތަކުން އެއްވުންތަކަށް ވަޑައިގެން ހަމަނުޖެހުން ހިންގައި ހަދާކަމަށެވެ. އަދި އެ ފަރާތްތަކުން ރައްޔިތުން ލައްވައި ގޯސްތަކެއް ހަދުވާކަމަށާއި އެހެންނަމަވެސް ހަމަނުޖެހުންތައް އުފެދިގެން އައުމާއިއެކު، އެފަދަ ލީޑަރުންނަކީ މައިދާން ދޫކުރައްވާ ފިއްލަވާ ވަޑައިގަންނަވާ ބައެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިމްރާން ވިދާޅުވީ، ލީޑަރުން ފިލައިގެން ދިއުމުން ކުށްވެރިވެ އަދަބު ލިބިގެންދަނީ “ނިކަމެތި” ރައްޔިތުންނަށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުން، އާންމު ރައްޔިތުން އެ އަދަބުތައް ތަހައްމަލު ކުރަމުންދާއިރު، އޭނާ އިޝާރާތްކުރައްވާ ފަދަ ލީޑަރުން ތިއްބަވަނީ ފިއްލަވައިގެންނެވެ. އޭނާވަނީ އެއްވެސް ރައްޔިތަކު ލީޑަރުންނަށް އެފަދަ ގޮތަކަށް އަމަލުކުރެއްވުމަށް ފުރުސަތު ނުދެއްވުމަށް އިލްތިމާޒްކުރައްވާފައެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އިތުރުން އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ ދަ ޑިމޮކްރެޓްސްގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނާއި އެމްއެންޕީގެ މެމްބަރުނާއި އެހެނިހެން ސިޔާސީ ފަރާތްތައް ހިމެނޭހެން ބޮޑު ހަރަކާތެއް މިރޭގެ ވަގުތެއްގައި ކާނިވާ ސަރަހައްދުގައި  އިންތިޒާމުކުރެއްވިފައިވާއިރު، އިމްރާން ކުރެއްވި ޓްވީޓާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ފަރާތެއްކަމަށްވާ، މެމްބަރު ވަހީދުވަނީ އިމްރާންއަށް ފާޑުވިދާޅުވެފައެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބްދުﷲގެ މަރުގެ މައްސަލައިގައި އިމްރާން މޭޑެ މުޒާހަރާގައި ދެއްކެވި ވާހަކަތައް ފެނިގެންދާ ވީޑިއޯއެއް ހިއްސާކުރައްވާ، ވަހީދު ވިދާޅުވީ، އެ ދުވަހު އިމްރާންވަނީ މުޒާހަރާގެ ތެރޭގައި އެވާހަކަތައް އަޑު ހަރުކޮށް ދައްކައި، މުޒާހަރާ ހޫނުކޮށްފައިކަމަށެވެ. އެހެންނަމަވެސް ހޫނުވުމުން އޭނާ އެ ސަރަހައްދުގައި ހާޒިރުވެތިއްބެވި އާންމުން ދޫކުރައްވާ ވަޑައިގެންނެވިކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ދުވަހު ފިއްލެވި ފަރާތަކީވެސް އިމްރާންކަމަށެވެ. އަދި ވެރިކަމާއި ހިސާބަށް ވާސިލުވެވުމާއިއެކު “އޮހޮރުނު ލޭ” ގެ ވާހަކަތައް ހަނދުމައިން ފޮހެއްލައްވައިގެން ހުންނެވި ފަރާތަކީވެސް ހުދު އިމްރާންކަމަށް ވަހީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: