ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީން ބަލިކަށިވެފައިވާ މިންވަރާއިމެދު ހިތާމަކުރަންޖެހޭ، އިސްލާމްދީނަކީ އުނދަގޫ ދީނެއްގެ ގޮތުގައި ގަބޫލުކުރޭ: އިމްރާން

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި އިމްރާން ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އިސްލާމީ އުއްމަތް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައިކަމަށާއި، މިއީ މުސްލިމުން ހިތާމަ ކުރަންޖެހޭކަމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލަސްތީނުގައި ހިނގަމުންދާކަންކަމާއި، އެ ގައުމުގެ ހާލަތާއި ގުޅިގެން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އިސްލާމީ އުއްމަތަކީ އެއް އުއްމަތެއް ކަމަށެވެ. އެއް މުސްލިމަކާއި، އަނެއް މުސްލިމަކާއި ދެމެދު އޮންނަ ގުޅުމަކީ ލޭގެ ގުޅުމާއި ރަހިމުގެ ގުޅުމަށްވުރެވެސް ބޮޑު އެއްޗެއް ނަމަވެސް، މިއަދު އިސްލާމީ އުއްމަތުގެ ނިކަމެތިކަމާއި ބަލިކަށިކަން ގޮސްފައިވާ ހާލަތުން ހިތާމަ ކުރަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.

އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާ ކުރަންޖެހޭ ވާޖިބުތަކަކީ ކޮންމެ ގައުމެއްގައި ހުއްޓަސް އަދާކުރަންޖެހޭ ވާޖިބުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ ހަގީގަތަކީ އަޅުގަނޑުމެންގެ އީމާންތެރިކަން ބަލިކަށިވެފައިވާ މިންވަރު. އަޅުގަނޑުމެން މުސްލިމު އުންމަތާ ދޭތެރޭ މުސްލިމުންގެ އިހްސާންތެރިކަން ނެތް މިންވަރު.

އިމްރާން ވިދާޅުވިއެވެ.

އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަޅާފައިވަނީ އަފްގާނިސްތާނަށް އެއް އަހަރުގެ ތެރޭގައި އެޅި ބޮންކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 3،000 އެއްހާ މީހުން ޝަހީދުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތާ މެދު ފިކުރު ކުރަންޖެހޭކަމަށެވެ.

ރާއްޖެއަކީ އިސްލާމީ ގަައުމެއްގެ ގޮތުގައި ދަމަހައްޓައި އަންނަން އޮތް ޖީލުތަކަށް އެގޮތުގައި ގެންގޮސްދޭންޖެހޭ ކަމަށް ފާހަގަކޮށް އިމްރާން ވިދާޅުވީ، ދީން ފަތުރައި ދީނަށް ލޯބި ޖެއްސުމަކީ މުހިންމުކަމެއްކަމަށެވެ. އަދި އެކަން ކުރުމަށް ގޮވާލެއްވިއެވެ. އެހެން ނަމަވެސް އެންމެންނަށް އެއް މިންވަރަކަށް ދީން ނޭގޭކަމަށް ވިދާޅުވެ، އެއީ އެއްވެސް މީހަކާއިމެދު އިހާނެތިކޮށް ކަންތައް ކުރަންޖެހޭ ސަބަބެއް ނޫންކަމަށް އިމްރާން ވިދާޅުވިއެވެ.

އެކަމަކު ހުރިހާ އެންމެންނަކީ ދީން އެއްވަރަށް އެނގޭ ބަޔަކަށް ވެދާނެކަމަކަށް އެއީ މުޖުތަމައުތަކުން ފެންނާނެކަމެއް ނޫން. އެކަމާ ހުރެ އަނެކެއްގެ މައްޗަށް ބަދު ބަސް ބުނެ ނިކަމެތިކޮށް އިހާނެތިކުރުމަކީ އެކަކު ވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫން.

އިމްރާން ވިދާޅުވިއެވެ.

އިސްލާމްދީނަކީ އުނދަގޫ ދީނެއްގެ ގޮތުގައި ދިވެހި ބައެއް ޒުވާނުން ގަބޫލުކުރާކަމަށާއި، ނަމަވެސް އެއީ ކުށްހީއެއްކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިންސާނީ މުޖުތަމައުއަކަށް މާތްﷲ ދެއްވާނެ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީނުގެ ހިދާޔަތް ދެއްވުން ކަމަށެވެ. އަދި އިސްލާމްކަމުގެ މަތީގައި އެ މުޖުތަމައު ކުރިއަރައި ތަރައްގީވެ ދިއުންކަމުގެ މުހިންމުކަން އިމްރާން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: