ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާސްއިން ކުރަމުންދަނީ މުޅި އުންމަތުން ކުރަންޖެހޭ މަސައްކަތެއް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ—
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހަމާސްއިން ފަލަސްތީނުގައި ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތައުރީފުކުރައްވައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުމަކަށް ގެނައުމަށް ހަމާސްއިން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ނުރައްކާތެރި ހަމާލާތައް ބަދަލުކުރެވެމުންދާއިރު، އިމްރާންވަނީ ހަމާސްގެ ހަރަކާތްތަކަށް ތައުރީފުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ހަމާސްއިން މިއަދު ކުރަމުންދަނީ މަސްޖިދުލް އަޤްސާ އާއި ޤުދުސްގެ ދިފާއުގައި މުޅި އުންމަތުންކުރަންޖެހޭ މަސައްކަތެއްކަމަށެވެ. އިމްރާން ވިދާޅުވީ، މުޅި އުންމަތުން ކުރަންޖެހޭ މަސައްކަތެއް ހަމާސްއިން އެކަނި ކުރަމުންދިއުމުގެ އަގު ދައްކަމުންދަނީ ފަލަސްތީނުގެ ރައްޔިތުންގެ ތޯހިރު ލެއިންކަމަށެވެ. އޭނާ ވަނީ އެކަމާއި މުޅި އުންމަތް ތެދުވާނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފައެވެ.

ފަލަސްތީނުގައި ހަމާސް ޖަމާއަތުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމާއިމެދު އިމްރާން ކުރައްވާފައިވާ ޕޯސްޓުގައި އޭނާވަނީ ދިވެހިރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ޓެގުކުރައްވާފައެވެ. އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އާއި އިލްމުވެރިޔާ ޑރ އިޔާޒް އަދި ޝައިހު އިލްޔާސްވެސް މި ޕޯސްޓުގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: