ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނަށް އެހީވުމަށް އެންމެން މަސައްކަތް ފަށަން ޖެހޭ: އިމްރާން

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްތައް ފެށުމަށް ހޯމް މިނިސްޓަރު އަދި އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ނިމުމަކަށް ގެނައުމަށް އެ ގައުމުގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުންވަނީ ބޮޑެތި މަސައްކަތްތަކެއް ފަށާފައެވެ. ހަމަލާތައް ފެށިގެން ފުރަތަމަ ބައި ގަޑިއިރުގެ ތެރޭގައި އެތައް ހާސް ރޮކެޓެއް އިސްރާއިލުން ހިފާފައިވާ ސަރަހައްދުތަކަށް އަމާޒުކޮށް ހަމާސްއިންވަނީ ފޮނުވާލާފައެވެ.

ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ތެރެއިން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، އިމްރާންވަނީ ހިނގަމުންދާ ކަންކަމަށް އަލިއަޅުއްވައި އެކްސްއެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތާ ގުޅުންހުރި މައްސަލައެއްކަމަށެވެ.

އޭނާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖެހި ކާބޯތަކެއްޗާއި ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ނެތި މަރުވެގެންދާން ދޫކޮށްފައި ބަލަހައްޓައިގެން ތިބުމަކީ މުއުމިނުންގެ ހިތަށް ކުޅަދާނަވާނެކަމެއް ނޫންކަމަށޭވެ. އެހެންކަމުން އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް މަސައްކަތްތައް ފެށުމަށް އޭނާ ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ.

ހޯމް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވާ އެކްސްއެއް ކުރެއްވިއިރު، ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް އަލަށް އިންތިހާބުވެފައިވާ ޑރ މުހައްމަދު މުއިއްޒުވަނީ ވަގުތުން ވަގުތަށް އިސްރާއިލުން ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާފައެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ އިންތިހާބީ ރައީސް މުއިއްޒުގެ ވާހަކަތަކާއި އެއްބަސްވެވަޑައިގަންނަވާކަން އާންމުކޮށް ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: