ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާސްގެ ގޮވާލުމަށް އިމްރާން އިޖާބަދީފި!

އިމްރާން ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމާސް ޖަމާއަތުން އަރިބި އަދި މުސްލިމު ގައުމުތަކުގެ ރައްޔިތުންނަށް މަގުތައް މައްޗަށް ނުކުމެ އަޑުއުފުލުމަށް ގޮވާލާފައިވާކަމަށް ފާހަގަކޮށް އެކަމަށް އިޖާބަދެއްވާނެކަމަށް ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ޣައްޒާގެ ހޮސްޕިޓަލަކަށްވަނީ ރޮކެޓު ހަމަލާއެއް އަމާޒުވެ އެތައް ބަޔަކުގެ ފުރާނަ ގެއްލިފައެވެ. އެ މައްސަލައިގައި ހަމާސް ޖަމާއަތުން ވަނީ މީޑިއާ މެދުވެރިކޮށް ކުއްލި މެސެޖެއް ދީފައެވެ. އެގޮތުން ހަމާސްގެ ސިޔާސީ އިސްލީޑަރެއްކަމަށްވާ އިސްމާއިލް ހާނިޔޭ ވަނީ އަރަބިންނާއި މުސްލިމުން މަގުތައް މައްޗަށް ނުކުމު އިސްރާއީލުގެ ލާއިންސާނީ އުދުވާންތަކާއި ދެކޮޅަށް އަޑުއުފުލުމަށް ގޮވާލާފައެވެ.

ހަމާސްގެ ގޮވާލުމަށް އިޖާބަދެއްވާކަން އިމްރާންވަނީ އެކްސްއެއް މެދުވެރިކޮށް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްޔިތުންގެ ބޮޑު އެއްވުމެއް އިންތިޒާމުކުރުމުގެ މަސައްކަތްތައް މިހާރުން މިހާރަށް ފަށާފައިވާކަމަށެވެ. އަދި ޣައްޒާގެ ހޮސްޕިޓަލަށް އަމާޒުކުރި ހަމަލާއަކީ ލާއިންސާނީ ބޮޑު ޖަރީމާއެއްކަަމަށާއި އެކަން ދިފާއުކުރާ އެއްވެސް މީހަކީ އިންސާނީ ކަރާމާތާއި ހައްގަށް ހުރުމަތެއްކުރާ މީހެއްކަމަށް ބަލައިގަނެވޭނެ ބުއްދީގެ އެއްވެސް ހަމައެއް ނޯންނާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ފަލަސްތީނުގައި ހިނގަމުންދާ ކަންކަމާއިމެދު ކަންބޮޑުވެ އިމްރާން ޝުއޫރު ފާޅުކުރައްވާފައިވާއިރު، ރާއްޖޭގެ މީޑިއާތަކާއި ރާއްޖޭގެ ފަރާތުން ފަލަސްތީނަށް އެހީ ފޯރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އިންވަނީ ފަލަސްތީނުގައި ތިބި ރައްޔިތުންނަށް އެހީ ފޯރުވުމުގެ ގޮތުން ޓެލަތޮންއެއް މެދުވެރިކޮށް ފަންޑު ރެއިޒްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 32%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: