ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން އެ އުޅެނީ އިތުރު ބިންތަކެއް ފޭރެން: އިމްރާން

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ އިސްލާމީ ގައުމުތަކުން ނުކުމެ ފަލަސްތީނަށް ވާގިވެރިނުވެއްޖެ ނަމަ އިސްރާއީލުން އެ ސަރަހައްދުގެ އިތުރު ބިންތަކެއް ފޭރިގަންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާންގެ ބެލުމުގެ ދަށުގައި ހޯމް މިނިސްޓްރީ ހުރި އިރު، ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި ހިންގި ހަރަކާތަކަށް މީގެ ކުރިން ފުލުހުން ހުރަސްއެޅިކަން ފާހަގަކޮށް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު އިމްރާންވަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުންމަތީ ދެމި ހުންނަވާނެކަަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އިސްރާއީލުގެ އާންމުންތަކެއް އެ ގައުމުގެ ސިފައިންގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ރައްޔިތުންގެ ގެތަކުގައި އަލިފާން ޖަހަމުންދާ މަންޒަރުތައް ހިއްސާކުރައްވާ އިމްރާން ވިދާޅުވީ، މުޅި އިސްލާމީ އުންމަތް އެކުގައި ތެދުވެ ފަލަސްތީނު ސަލާމަތް ނުކޮށްފިނަމަ އަނެއްކާވެސް ފަލަސްތީނުގެ ބިމުން އެތައް ކިލޯމީޓަރެއް އިސްރާއީލުން ފޭރިގަންނާނެކަމުގެ އަލާމާތްތައް ފެންނަމުންދާކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް އިސްރާއީލުގެ އަނިޔާވެރިކަން އިތުރުވާ ވަރަކަށް ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި ރައްޔިތުންގެ ތެރޭގައި ހަމްދަރުދީއާއި ލޮތްބާއި އެހީތެރިކަންވެސް އިތުރުވެގެންދާކަމަށެވެ.

ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމުތަކުން ފަލަސްތީނުގެ ރައްކައުތެރިކަން ކަށަވަރުކުރުން މުހިންމުކަން އިމްރާން ފާހަގަކުރެއްވިއިރު، އިމްރާން ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު އެއް ކަމަކާއިމެދު ދެ ގޮތަކަށް އަމަލުކޮށްފައިވާކަމާއިމެދު ގިނަ ބަޔަކުދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފުލުހުންގެ ތެރެއިން ބަޔަކު މީހުން އިމްރާނާއި ކޮމިޝަނަރު ހަމީދާއި ނެތަންޔާހޫގެ ފޮޓޯ ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން ސޯޝަލްމީޑިއާގައި އާންމުވެފައިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: