ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރި ހުރިހާ ފަރާތްތަކަށް މި ވެރިކަން ބަދަލުކުރަން އެއްބަސްވެވޭ: ވައްޑެ

"ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ވައްޑެ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ވާދަވެރި ހުރިހާ ފަރާތްތަކަށް ތަފާތު އެކި ސިޔާސީ ފިކުރުތަކާއިއެކުވެސް މި ވެރިކަން ބަދަލުކުރަން އެއްބަސްވެވޭކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޗާގޯސްގެ މައްސަލައިގައި އެކުލަވާލި “ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން” ބޭއްވި “ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފައްދަވާ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެސް ވާ ވަހީދު ވިދާޅުވީ ރައީސް ސާލިހުގެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލައިފިކަމަށާއި، އެމަނިކުފާނުވަނީ ގައުމަށް ހިޔާނާތްތެރިވެ، ގައްދާރުވެފައިކަމަށެވެ.

ގަނބުކަމުގައި ގަމާރުކަމުގައި ހުންނަވައިގެން ތިޔަ ހުންނެވީ އެންމެ ބޮޑު ގޯސް ހައްދަވައިގެން.

ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ސެޕްޓެމްބަރ 9 އެއްގައި ބާއްވާ އިންތިހާބުން މި ސަރުކާރު ބަލިކުރާނެކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި ލިބުނީ ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެ، ދެން ފިއްލެވީކަމަށް ވަހީދު ވިދާޅުވިއެވެ. މިއީ ކާމިޔާބީއެއް ނޫން ނަމަވެސް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި، މުޅި ކެބިނެޓާއިއެކު ރައީސް ސާލިހު ބައްދަލުކުރެއްވިކަމަށް ވަހީދު ވިދާޅުވިއެވެ. ގައުމުގެ ބިން ދިފާއުކުރުން، އެއް މަސް ދުވަހުގެ ރޯދަ ހިފުމާއި، ރޭ އަޅުކަން ކުރުމާއި އެއްވަރުކަމަށް ފާހަގަކޮށް ވަހީދު ވަނީ އެކަމުގެ މުހިންމުކަން ދޭހަކޮށްދެއްވާފައެވެ

ވަހީދު ވިދާޅުވީ މި މައްސަލައާއި ގުޅޭ ބަހުސް މަޖިލިހުގައި ކުރިއިރު، މޮރިޝަސްގެ ދިފާއުގައި ވާހަކަދެއްކެވި މެންބަރުންވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވިކަށެވެ. އަދި މިފަދަ ބޮޑު ނިންމުމެއް ނިންމި އިރު މަޖިލީހުގެ ލަފައަކަށް ސަރުކާރުން ނޭދޭކަން ވަހީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕިއިން 2018 ގައި ވައުދުވީ ނޫ އިގްތިސާދުގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދީ، ކަނޑު ރޯދި އާއި ދިވެހިންގެ ލޭނާރުގެ ފައިދާ ހޯދައިދިނުމަށްކަމަށާއި، ނަމަވެސް މި ސިޔާސަތު ނުހިންގުނުކަމަށް ވިދާޅުވިއެވެ. އަދި ސިޔާސަތު ތަންފީޒު ނުކުރެވުނުއިރު، ރާއްޖޭގެ ކަނޑުން ބައެއްވެސް މި ސަރުކާރުން ވިއްކާލާފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.

ދިވެހިންގެ އެންމެ ފަނުންވެރި ފަރިތަ ކަންކަން ސަރުކާރުން ދަނީ ކުންފުނިތަކުގެ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ނައްތާލަމުންކަމަށް ފާހަގަކޮށް ވަހީދު ވިދާޅުވީ މަސްވެރިކަން ކުރާ މީހުން ރާއްޖޭގައި މަދުވަމުން އަންނަކަމަށެވެ. ދިވެހިރާއްޖެއަށް ބަދަލެއް އަތުވެދާނެ އެއްވެސް މުއާމަލާތެއް ކުރެވިއްޖެނަމަ އެކަމާއި ގުޅޭ މައުލޫމާތު ދިވެހިްނނަށް ދޭންޖެހޭނެކަމަށާއި، ނަމަވެސް މި ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީވެސް ފޮރުވާފައިވާކަމަށް ވަހީދު ވިދާޅުވިއެވެ. މަޖިލީހުގެ ތަޅުމުގައި އާއި އާންމު ރައްޔިތުންނަށްވެސް މި ވާހަކަދެއްކުމުގެ ފުރުސަތު ދޭންޖެހޭނެކަމަށާއި، އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށްވެސް މި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށް ވަހީދު ގޮވާލެއްވިއެވެ.

ސިޔާސީ ފިކުރު ތަފާތުވީ ނަމަވެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމުގައި ވާދަވެރި ފަރާތްތަކާއިވެސް އެއްބަސްވެވޭކަމަށާއި، އަދި އެއްބަސްވެވޭ ދެވަނަކަމަކީ މި ވެރިކަން ބަދަލުކުރުންކަމަށް ވަހީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 63%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: