ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮކިއުމަންޓް ބޯޑުގެ ހިންގާ ގަވައިދު އާއްމުކޮށްފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅައި، ގަވާއިދުތައް ހަދައި ހިންގައި، ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުން ގެންދޭތޯ ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ މުސްތަޤިއްލު ފަރާތެއް ކަނޑައަޅާ އެ މަސައްކަތް ވިލަރެސްކުރާ ޕްރޮކިއުމަންޓު ޕޮލިސީ ބޯޑުގެ ހިންގާ ގަވާއިދު އެކުލަވާލާ އާއްމުކޮށްފިއެވެ.

ފިނޭންސް މިނިސްޓަރު އިސްވެ ހުންނަވާ ގޮތަށް ޕްރޮކިއުމަންޓް ބޯޑުއެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ.ބޯޑަށް މެންބަރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މެންބަރުން އައްޔަން ކުރާނީ ތިން އަހަރު ދުވަހަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ކޮންމެ ތިން އަހަރުން އެއް ފަހަރު ބޯޑުގެ ތިންބައިކުޅަ އެއްބައި މެންބަރުން ބޯޑުން ބަދަލުވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ބޯޑުގެ މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވާއިރު، ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ގޮތެއްގައި ރާވައި ހިންގުމަށް ހަދަންޖެހޭ ހުރިހާ ގާނޫނާއި ގަވާއިދުތައް ބޯޑުން އެކުލަވައިލަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. ދައުލަތުގެ ޕްރޮކިއުމަންޓުގެ ތެރެއިން ކުރެވޭ ހަރަދުތަކަކީ އެ ހަރަދުތަކާ އަޅާބަލާއިރު އެކަށީގެންވާ ހިދުމަތްތަކެއް ލިބޭ ހަރަދު ތަކެއްކަން ޔަގީން ކުރުމާއި، އެ ހަރަދުތައް ކުރުމުގައި އިކޮނޮމިކް އެފިޝަންސީ ހާސިލު ކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް ބޯޑުގެ މަސްއޫލިއްޔަތެކެވެ.

މީގެ އިތުރުން ބިޑް ކުރާ މީހުނަށް ދެ ފުށް ފެންނަ ގޮތަށް ވާދަވެރި ނިޒާމެއް ގާއިމުކޮށް އެންމެނަށް ވެސް ބިޑް މުގެ މަރުހަލާގައި ބައިވެރިވެވޭ ގޮތް ހަދައިދޭން ޖެހެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: