ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަކީ ދިން އަނިޔާއެއް: ހެލްތު ޔޫނިއަން

ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ކުރި އިހްތިޖާޖްގެ ތެރެއިން --- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ކުރި އިހްތިޖާޖްއާއި ގުޅިގެން، އެ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަކީ ދިން އަނިޔާއެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން(އެމްއެޗްޕީޔޫ) އިން ބުނެފިއެވެ.

ކޮވިޑް-19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ ނަރުހުންނާއި ސިއްޙީ ޚިދުމަތްރިންނަށް ދިނުމަށް ހަމަޖެހިފައިވާ ފްރަންޓްލައިން އެލަވަންސް ދިނުމުގައި ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭތީ އެކަމާމެދު ހިތްހަމަ ނުޖެހިގެން، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ގެންދާ ނަރުހުންތަކެއް ވަނީ އިޙްތިޖާޖު ކޮށްފައެވެ.

މިކަމާ ގުޅިގެން އެމްއެޗްޕީޔޫ އިން މިއަދު ބުނީ މަސައްކަތްތެރިން އެމީހުންގެ ހައްގުތައް، ހޯދުމަށް އިހްތިޖާޖްކުރުމަކީ، ގާނޫނީ ގޮތުން ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ކުރި އިހްތިޖާޖް އާއި ގުޅިގެން، އިއުލާންކުރެވި، ހޮވިފައިވާ މަގާމްތަކެއްގައި ތިބި މުއައްޒަފުން، ޑީމޯޓް (މަގާމު ދަށްކުރުން) ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްއެޗްޕީޔޫ އިން ބުނެއެވެ.

“ފިޔަވަޅު އެޅުނު މުވައްޒަފުންނާއި، ގާނޫނީ ގޮތުން އެހީތެރިވުމުގެ މަސައްކަތް މިދަނީ ކުރަމުން. މިއަމަލަކީ، މަސައްކަތްތެރިންނަށް، ދެވުނު އަނިޔާއެއް” އެމްއެޗްޕީޔޫ އިން ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި ބައެއް މީހުންގެ މުސާރަ ކުޑަވުމުގެ ކަންކަމާ ކުރިމަތިލާން ޖެހިފައިވާއިރު ސަރުކާރުން އަންނަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އަދި ކޮވިޑް އާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: