ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ކަމާ ދެކޮޅަށް މުޒާހަރާ ކުރަން އާދަމް ޝަރީފް ގޮވާލި މައްސަލަ ސުލޫކީ ކޮމިޓީން ބަލަން ޖެހޭ: އަނދުން ހުސައިން

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މިނިވަންކަމާ ދެކޮޅަށް މުޒާހަރާ ކުރަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވާލި މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމިޓީން ބަލަން ޖެހޭ ކަމަށް ހެންވޭރު ދެކުނު ދާއިރާހެ މެމްބަރު ހުސައިން ޝަހީމް(އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މިނިވަންކަމާ ދެކޮޅަށް އިއްޔެ ބޭއްވި ސައިކަލު ބުރުގައި ކިތަންމެ ގިނަ ބަޔަކު ހައްޔަރު ކުރިޔަސް އިދިކޮޅު ކޯލިޝަންގެ ލީގަލް އެފެއަރސް ޑިޕާޓުމެންޓުގެ ލޯޔަރުން އެޓެންޑު ކުރުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރަކު ރާއްޖޭގެ މިނިވަކަމާ ދެކޮޅަށް މުޒާހަރާ ކުރަން ހިތްވަރު ދީފައި ވާތީ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ވަގުތު ވަގުތަށް އެ މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމިޓީން ބައްލަވަން ގޮވާލާ ކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެނގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ނަމަވެސް އިދިކޮޅަށް ތާއީދުކުރާ ޒުވާނުން ވަނީ އިއްޔެ ވަނީ ގިނަ ބަޔަކު އެއްވެގެން ސައިކަލު ބުރު ބާއްވާފައެވެ.

އިއްޔެގެ ޒުވާނުންގެ ސައިކަލު ބުރު ނުފެށެނީސް ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 41 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅުން ބުނެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ކޯލިޝަންގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅެއް ހިމެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ކައުންސިލު ބައެއް މެމްބަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: