ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން އިންޑިއާ އައުޓޭ ގޮވާއިރު ތިޔަ ބާރު ދެވެނީ އައިއެސްއިން ރާއްޖެ ހިފުމަށް: ނަޝީދު

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

”އިންޑިއާ އައުޓް“ ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތުގެ ސަބަބުން އެ ބާރު ދެވެނީ ޓެރެރިސްޓު ޖަމާއަތެއް ކަމަށްވާ އައިއެސްއިން ރާއްޖެ ހިފުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ނަޝީދު މިހެން މި ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުން ގޮވާލައި ”އިންޑިއާ އައުޓް“ ހޭޝްޓެގާ އެކު މީސް މީޑިއާ ކެމްޕޭނެއް ހިންގަމުންދާ ދުވަސްވަރެއްގައެވެ. އެ ކެމްޕޭންގައި ވެސް އިސްކޮށް އުޅޭ މަންޒަރު ފެންނަނީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުންނެވެ.

އެގޮތުން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އައުޜޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްގެ ސެލްތަކުން ކަމަށާއި އެކަން މިހާރު ވަރަށް ގިނަ ބައިނަލްއަގްވާމީ އިދާރާތަކަށް ސާފު ކަމަށެވެ.

”ޕީޕީއެން/ޕީއެންސީ އިންމި ޝިއާރު ބޭނުން ކުރަން އެދެނީ ނަމަ، ތިޔަ ބާރު ދެވެނީ އައިއެސް އިން މި ރާއްޖެ ހިފުމަށް.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މި ވާހަކަތައް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ދޮގުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: