ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާގެ ބޯޑަރު ހުޅުވާލަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ދުވަހު ސައުދީ އަރަބިއްޔާގެ ބޯޑަރުތައް ހުޅުވާލާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ސައުދީ ގެޒެޓުގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެގައުމު ޢާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން ބުނީ އަންނަ އަހަރުން ފެށިގެން ސައުދީގެ ރައްޔިތުންނަށް އެއްގަމު މަގުންނާއި ވައިގެ މަގުންނާއި ކަނޑު މަގުން އެ ގައުމަށް ވަދެ ނިކުމެ އުޅެވޭނެ ކަމަށެވެ.

ގައުމު އެއްކޮށް ހުޅުވާލާ ހާއްސަ ތާރީހެއް އަހަރު ނިމުމުގެ 30 ދުވަސް ކުރިން ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ހެލްތު މިނިސްޓްރީގެ ލަފައާއެކު ދަތުރު ކުރާ ފަރާތްތަކުގެ ސަލާމަތަށް ބައެއް ކަހަލަ ގައިޑްލައިންތަކެއް ހަދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ސައުދީން އިތުރަށް ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބައެއް ފްލައިޓްތަކަށް ދަތުރު ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ސައުދީން މިހާތަނަށް ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އޮގަސްޓް މަސް ފެށުނު ފަހުން އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: