އަލުން ފަށަން ތަައްޔާރުވަމުން އަންނަ އުމްރާގެ އަޅުކަމައް އއެންމެ ފުރަތަމަ އުމްރާ އަށް ފުރުސަތު ދޭނީ ސައޫދީގައި އުޅޭ މީހުންނަށް ކަމަށް ސައޫދީ އިން ބުނެފި އެވެ.
ކަނޑައެޅޭ ވަކި އަދަދެއްގެ މީހުންގެ އުމްރާގެ އަޅުކަން އަދާކުރަން ފުރުސަތު ދެނީ ވެސް އެ މީހުންގެ ވަކި ޝަތުރުތަކެއް ހަމަވުމުންނެވެ. އެގޮތުން، އުމްރާގެ އަޅުކަމުގައި ބައިވެރިވާ ކޮންމެ މީހަކީ ވެސް ކޮވިޑް-19 އަށް ނެގެޓިވް މީހެއް ކަމުގެ ލިޔުން އޮތުމަކީ މަޖުބޫރު ކަމެކެވެ.
އުމްރާގެ އަޅުކަން ކުރިއަށް ގެންދިއުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ހާއްސަ ތައްޔާރީތަކެ ވަމުން އަންނަ ކަމަށާއި މިކަމާ ގުޅޭ މައުލޫމާތު ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ސައޫދީ ގެޒެޓުން ބުންޏެވެ.
ސައޫދީ ގެޒެޓުން ބުނީ އުމްރާގެ އަޅުކަމުގައި ބައިވެރިވާން އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށާއި އެކި މީހުންނަށް އެކި ދުވަސްތައް ކަނޑައަޅައި އެ ސިސްޓަމް މެދުވެރިކޮށް އަންގާނެ ކަމަށެވެ.

