ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާވެރިންނަށް އެންމެ ކައިރި ސިއްހީ މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި

ވެކްސިން ޖެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ހުރިހާ އުމްރާވެރިންނަށް އެ މީހަކާ އެންމެ ކައިރި ސިއްހީ މަރުކަޒަކުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުގައެވެ. އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކުން ހައްޖު ކޯޕަރޭޝަންގެ ”ފަހެލި“ ޕޯޓަލް މެދުވެރިކޮށް ”ވެކްސިން ޖެހުމަށް އެދޭ ލިޔުން“ ނެންގެވުމަށްފަހު، އެންމެ ކައިރީގައިވާ ސިއްހީ މަރުކަޒަކަށް ވަޑައިގަތުމުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހޭނެއެވެ.

މީގެ އިތުރުން، އެ ލިޔުން ދެއްކެވުމުން ސްޓޭޓް ފާމާގެ ބޭސް ފިހާރަތަކުން އިންފްލުއެންޒާ ވެކްސިން ވެސް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ. ހައްޖާއި އުމްރާއަށް ދާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ވެކްސިންތަކަކީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ.

މި ހިދުމަތް ފޯރުކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ސްޓޭޓް ފާމާއާ ގުޅިގެންނެވެ. މިއީ އުމްރާވެރިންނާއި ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅުއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މީގެ ކުރިން އެއްވެސް އަގަކާއި ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައި އޮތީ މާލެ ސިޓީގައި އެކަނި ކަމަށްވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައްޖުވެރިންނަށް ދެއްވި ޔަގީންކަމާއި އެއްގޮތަށް، އަންނަ ނޮވެމްބަރު މަހުގެ އުމްރާއިން ފެށިގެން މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުންވެސް އިތުރު އަގަކާއި ނުލައި ވެކްސިން ޖެހޭނެ މަގު ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ފަހިކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: