ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޕަރޭޝަނުން ރޯދަމަހު އުމްރާގެ އަގު ބޮޑުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އިއުލާންކުރާ އުމްރާ ދަތުރުތަކުގެ އަގުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑުކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން އަންނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރުތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު އުމްރާ ދަތުރުތަކުގެ އަގުތައް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.

އެގޮތުން އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އައު އަގުތަކަށް ބަލާއިރު، ކުރިއަށް އޮތް 1449 ވަނަ އަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރުގެ އަގު ވަނީ 55,965 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ ނިމިދިޔަ ރަމަޟާން މަހު މުޅި މަހުގެ އުމްރާއަށް ނެގި 48,965 ރުފިޔާއާ އަޅާބަލާއިރު 7,000 ރުފިޔާގެ ބޮޑުވުމެކެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 15 ގެ އުމްރާ ދަތުރުގެ އަގުވެސް ވަނީ 50,965 ރުފިޔާ އަށް ބޮޑުކޮށްފައެވެ. މިއީ ކުރީ އަހަރުގެ ފަހު 15 ގެ އަގު ކަމުގައިވާ 45,965 ރުފިޔާއަށްވުރެ 5,000 ރުފިޔާގެ އިތުރުވުމެކެވެ.

ހައްޖު ކޯޕަރޭޝަނުން އެކްސްގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ އެކި ދުވަސްވަރުތަކަށް ކަނޑައަޅާފައިވާ އުމްރާ އަގުތަކަކީ ޖުލައި، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުގެ ދަތުރުތަކަށް -/30,965 ރުފިޔާއެވެ. އަދި ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް ކަނޑައަޅާފައިވަނީ -/31,965 ރުފިޔާއެވެ.

މި ދަތުރުތަކުގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ޚާއްޞަ ޢުމްރާ ދަތުރުތަކަށްވެސް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި ދަތުރުތަކަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.

ހައްޖު ކޯޕަރޭޝަންގެ އުމްރާ ދަތުރުތަކުގެ އަގުތައް ބޮޑު ކުރި ސީދާ ސަބަބެއް އެ ކޯޕަރޭޝަނުން ހާމަކޮށްފައެއްނުވެއެވެ.

އެ ކޯޕަރޭޝަންގެ އެމްޑީއަކަށް ކުރިން ހުންނެވި މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކުރުމަށްފަހު މިދިޔަ ޖުލައި އެއް ވަނަ ދުވަހު އާ އެމްޑީއަކަށް އައްޔަންކުރީ ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: