ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ވީއައިއޭގައި ހިންގި ހާއްސަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) މެދުވެރިކޮށް މި ހިނގާ ޖުލައި މަހު ފުރި އުމްރާވެރިންނަށް ލުއިފަސޭހަ، އަވަސް އަދި މަޑުޖެހުންކުޑަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ހާއްސަ އޮޕަރޭޝަން، މިއަދު ފަހު އުމްރާ ގްރޫޕް ފުރުމާއެކު ނިންމާލައިފިއެވެ.

މި މަހު ރާއްޖެއިން 5,565 އަށްވުރެ ގިނަ އުމްރާވެރިން ފުރުމާއެކު، އޮޕަރޭޝަން ނިމި، ފުރާ ހުރިހާ އުމްރާވެރިންވެސް ވަނީ ރާއްޖެއިން ފުރާފައެވެ. މި އޮޕަރޭޝަން ހިންގުމަށް ކުންފުނީގެ ޕެސެންޖަރ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ގުޅިގެން ގިނަ ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސިއެވެ.

އޮޕަރޭޝަންގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދުމުގެ ފުރުސަތު ހުޅުވާލިއެވެ. މިއާއެކު އުމްރާވެރިންގެ ފޮށިތައް ކުރިއާލައި ޗެކިންކޮށް، ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތް ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު އޮމާންކޮށް ކުރިއަށް ގެންދިޔައެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ހަމަޖެއްސިއެވެ.

އުމްރާވެރިން އެއަރޕޯޓަށް ވަޑައިގަތް ވަގުތު، އެ ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ދޮރަކުން ޓާމިނަލަށް ވަންނަން ފަސޭހަކޮށްދީ، އިމިގްރޭޝަން އަދި ސެކިޔުރިޓީ ސްކްރީނިންގ މަރުޙަލާތައް އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ހާއްސަކުރެވުނެވެ. މީގެ އިތުރުން، އެއަރޕޯޓުގެ ބޭރުގެ ސަރަޙައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރަށް ފަސޭހައިން ވަދެ ނިކުމެވޭނެ މަގުތައް ކުންފުނީގެ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސްއިން ބެލެހެއްޓިއެވެ.

އެމްއޭސީއެލްއިން ބުނީ އެ ހާއްސަ އޮޕަރޭޝަންގެ ސަބަބުން، އުމްރާވެރިންނަށް ޗެކިން، އިމިގްރޭޝަން، ސެކިޔުރިޓީ ސްކްރީނިންގ އަދި ބޯޑިންގ އޮމާންކޮށް އަދި އަވަހަށް ނިންމާލެވި، އެއްވެސް ބޮޑު ބުރޫއެރުމެއްނެތި ފުރުމުގެ ހިދުމަތް ފޯރުކޮށްދެވުނު ކަމަށެވެ.

އެމްއޭސީއެލްގެ މައިގަނޑު މަގްސަދަކީ، މިފަދަ ބާރުބޮޑު ދުވަސްވަރުގައިވެސް އުމްރާވެރިންނަށާއި އެހެނިހެން ފަސިންޖަރުންނަށް ދޭ ހިދުމަތްތައް އެއްވެސް ބުރޫއެރުމެއްނެތި، ފުރިހަމަ އަދި އޮމާން ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވެދެއްވި މޯލްޑިވްސް އިމިގްރޭޝަނާއި، އެއަރލައިންތަކާއި، ޓްރެވެލް އެޖެންސީތަކާއި، އުމްރާ ގްރޫޕްތަކާއި، ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކާއި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ޝުކުރު ދަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: