ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހު 4،000 އަށްވުރެ ގިނަ ދިވެހީން ޢުމްރާއަށް

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން: ފަިއލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އުމްރާގެ އަޅުކަމަށް 4،000 އަށްވުރެ ގިނަ ދިވެހިން ގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމު މީޑިއާތަކާ ރޭ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ދުވަސްކޮޅު އެކިއެކި ޖަމާއަތްތަކުގައި އުމްރާއަށް ގޮސްފައިވާ ދިވެހީންގެ އަދަދު 4،000 އަށްވުރެ ގިނަ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ސްކޫލް ފުރަތަމަ ޓާމް ޗުއްޓީ މިމަހުގެ 16ވަނަ ދުވަހު ފެށިފައިވާއިރު، ގިނަ އަދަދެއްގެ ދިވެހީން ވަނީ އެކިއެކި ޖަމާއަތްތަކާއެކު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާން ފަށާފައެވެ. މި ދުވަސްވަރު ރާއްޖެއިން ޢުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ އަދަދު އިތުރުވެފައިވަނީ މިއީ ސްކޫލް ޗުއްޓީއަށް ވުމުގެ ސަބަބުންނެވެ.

ރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަންދާ މީހުންގެ އަދަދު މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. ޚާއްސަކޮށް ސްކޫލް ޗުއްޓީއާއި އަދި ރަމަޞާންމަސް ފަދަ މަސްތަކުގައި ޢުމްރާގެ އަޅުކަން އަދާކުރާ ދިވެހީންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދުވަސްކޮޅު އެކި އެކި ޖަމާޢަތްތަކުގައި ޢުމްރާއަށް ގޮސްފައިވާ ދިވެހީންގެ އަދަދު 4000އަށް ވުރެ ގިނަކަމަށެވެ. އަދި މި އެންމެންގެ ޙާލު ވެސް ރަނގަޅުކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ތާރީހުގައި މިއަހަރު އަލަށް އުމްރާ ދަތުރެއް އައްޑޫ ސިޓީން ސީދާ ސައުދީއަށް ފަށާފައިވާއިރު، އެ ދަތުރުތައް ފެށީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެއާބަސް އޭ330 ގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: