ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ހަފްތާގެ އިމްޕޯޓަށް ވެސް ރިޒާވްގައި ޑޮލަރު ނެތް، ޕީއެންސީއަށް ވޯޓެއް ދިނުމުގެ މާނައެއް ނެތްކަން ސާފުވެއްޖެ: ރައީސް ނަޝީދު

އައްޑު އަތޮޅު ހުޅުދޫގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ރާއްޖޭގެ ރިޒާވްގައި ދެ ހަފްތާގެ އިމްޕޯޓަށް ވާވަރަށް ވެސް ބޭރު ފައިސާ ނެތް ކަމަށާއި ޕީއެންސީއަށް ވޯޓެއް ދިނުމުގެ މާނައެއް ނެތްކަން ރައްޔިތުންނަށް ސާފުވެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑު އަތޮޅު ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ ފުރަތަމަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ކަމަށް ސަރުކާރުން ބުނި ކަމަށެވެ. އަދި އޭގެ އަނެއް ހާފްތާގައި 20 ޕަސެންޓު މާރުކުރަންޖެހޭ ކަމަށް ވިދާޅުވި ކަމަށާއި އޭގެ ފަހުން ވިދާޅުވީ، 40 ޕަސެންޓުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ޓުއާ އޮޕަރޭޓަރުން އަތުން ނަގަން އުޅުނު ޓެކްސް، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އެޖެންސީތަކާއި އެކި ފަރާތްތަކުގެ އިހްތިޖާޖުތަކާ ހެދި ނުނަގަން މިހާރު ނިންމާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއިން އެއްވެސް ފިޔަވަޅަކުން މައްސަލަ ހައްލުނުވެ، ރާއްޖޭގެ ރިޒާވް ދުވަހުން ދުވަހަށް ދަނީ ދަށަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރިޒާވްގައި މިވަތު ދެ ހަފްތާގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ވެސް ބޭރު ފައިސާ ނެތް ކަމަށެވެ.

ޑޮލަރުގެ ރޭޓު ހުރީ، 23 ރުފިޔާގައި ކަމަށާއި އެކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލި ހުޅުދޫގެ ރައްޔިތުންނަށް ވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހުޅުދޫ މީހުން ގާތުގައި އައްސަވައި ބެއްލެވިއިރު، އެ ރަށުގައި ބައެއް ތަކެތީގެ އަގު 20، 30 ޕަސެންޓު އުފުލިފައި އެބަ ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ ރަށުގައި މަޝްރޫއުތައް ކުރިއަށް ނުދިޔުމާއި، ރަށުގައި ފައިސާ ދައުރުނުވުމާއި އިގްތިސާދީ ހީނަރުކަމަކީ ހުޅުދޫގެ ހުރިހާ ރައްޔިތުންނަށް ވެސް ފާހަގަވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ޕީއެންސީއަށް ވޯޓެއް ދިނުމުގެ މާނައެއް ނެތްކަން ސާފުވެއްޖެކަމަށް ވިދާޅުވިއެވެ.

”މިއަދު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފު ޕީއެންސީއަށް ވޯޓެއް ދިނުމުގެ މާނައެއް ނެތް، ބޭނުމެއް ނެތް އެ ބޭފުޅުންގެ ސިޔާސަތެއް ނެތް، އެ ބޭފުޅުންގެ އަމާޒެއް ނެތް، ގެންނަ ކޮންމެ ސިޔާސަތެއް އޭގެ އަނެއް ދުވަހު އަނބުރާ އެބަ ބަދަލުކުރޭ،“ ރައީސް ނަޝީދު

ކައުންސިލް އިންތިހާބުގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓުގައި ވެސް ހުޅުދޫގެ ރައްޔިތުން ވޯޓުދިނީ އެމްޑީޕީގެ އުސޫލުތަކާ  އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހުޅުދޫއަކީ ފެށުނީއްސުރެވެސް އެމްޑީޕީގެ ތާއީދު ބޮޑު ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު އެދިވަޑައިގަތީ، ކުރިއަށް އޮތް ޑަބްލިއުޑީސީ ބައި އިލެކްޝަންގައި ވެސް އެމްޑީޕީގެ ކެންޑިޑޭޓު ފާތިމަތު މުނީރަށް ހުޅުދޫގެ ރައްޔިތުން ވޯޓު ދެއްވައި ސަރުކާރަށް ސާފު މެސެޖެއް ދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: