ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ “އަރބަން ފާމިން” ޕްރޮޖެކްޓް އަންނަ އަހަރު ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ “އަރބަން ފާމިން” ޕްރޮޖެކްޓް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު ދައުލަތުގެ މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ކުރިއަށްދަނީ ދަނޑުވެރިކަމަށް ދޫކުރާ ބިމުގައި ފެންސް ޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި ފެންސް ޖަހާ ނިންމުމަށްފަހު، އަންނަ މަހު ބިން ލިބޭނެ މީހުން އިއުލާންކުރާނެ ކަމަށެވެ.

ސުހެެެއިލް ވިދާޅުވީ ޕްރޮޖެކްޓްގެ ދަަށުން ޖުމްލަ 16 ބިންކޮޅު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބިން ދޫކުރާނީ އެކަމަށް ހުޅުމާލެއިން ޚާއްސަކޮށްފައިވާ ސަރަހައްދަކުން ކަމަށެވެ. އަދި ކޮންމެ ބިންކޮޅެއްގައި 600 ފޫޓު ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ސުހެއިލް ވިދާޅުވީ، ބިންކޮޅުތައް ދޫކުރާއިރު އެސަރަހައްދު އެކަމަށް ތައްޔާރުކުރެވިފައިވާނެ ކަމަށެވެ. އެގޮތުން ކަނޑައަޅާ ވަކި ސަރަހައްދެއްގައި ދަނޑުތަކުގައި ބޭނުންކުރާ ތަކެތި ރައްކާކުރެވޭނެގޮތާއި، ގުދަނާއި، ގަސްކާނާ ވިއްކާ ތަނެއްވެސް ހުންނާނެ ކަމަށެވެ.

ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެޗްޑީސީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ދަނޑުވެރިކަމާގުޅޭ ތަމްރީނު ދޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މިޕްރޮޖެކްޓަކީ އެޗްޑީސީއާއި ޔޫއެންޑީޕީއާއި ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ފެށުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ. މިއީ ހުޅުމާލޭގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށާ ފުރަތަމަ ފަހަރުކަންވެސް އެކުންފުނިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: