ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިޔާމްގެ ރައްދު ނަޝީދަށް: ދީނާއި ގައުމުގެ ހައްގުގައި ވާހަކަދައްކާ ކޮންމެ މީހަކު އައިސިސްއާ ގުޅުވަނީ ކީއްވެތޯ؟

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނާއި ދިވެހި ގައުމުގެ ހައްގުގައި ވާހަކަދައްކާ ކޮންމެ މީހަކާ އައިސިސްއާ ގުޅުވަނީ ކީއްވެގެންތޯ، މަޖިލިހުގެ ނައިފަރު ދާއިރާ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމު ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަރިހުން ސުވާލު ކުރައްވައިފިއެވެ.

”އިންޑިއާ އައުޓް“ އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.

ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އައިސިސް އިން ކުރާ ކަމެއްކަން މިހާރު ވަރަށް ގިނަ ބައިނަލްއަގުވާމީ އިދާރާތަށް ސާފުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން މި ޝިޔާރު ބޭނުން ކުރާނަމަ، އެ ބާރު ދެވެނީ އައިސިސް އިން މި ރާއްޖެ ހިފުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ރައްދު ދެއްވައި ޝީޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ ވާހަކަތައް ނަޝީދު ދައްކަވަނީ ކޮން ކަމެއް ހާސިލް ކުރައްވަންތޯ ސުވާލު ކުރައްވާފައެވެ.

”ކޮންބައެއްގެ ތާއީދު ނުލިބިގެންތޯ ތި އުޅުއްވަނީ؟ އަމިއްލަފުޅު ޕާޓީގެ ވެރިކަމުގައި ރައްޔިތުންނަށް ކަމެއް ކޮށްދެއްވުން ބުއްދިވެރި.“ ޝިޔާމް ވިދާޅުވިއެވެ.

”އިންޑިއާ އައުޓް“ ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވަނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ތުހުމަތުކޮށް އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: