ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލް، ނަޝީދަށް: ރައްޔިތުން ރުޅިއައުމުން އައިސިސްގެ ޓޭޕް އަޅުވާނެ ކަމެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާ މެދު ދިވެހި ރައްޔިތުން ރުޅި އައުމުން އައިސިސްގެ ޓޭޕް އަޅުވަން މަސައްކަތް ނުކުރުމަށް ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދ،ު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

”އިންޑިއާ އައުޓް“ އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.

ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އައިސިސް އިން ކުރާ ކަމެއްކަން މިހާރު ވަރަށް ގިނަ ބައިނަލްއަގުވާމީ އިދާރާތަށް ސާފުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީން މި ޝިޔާރު ބޭނުން ކުރާނަމަ، އެ ބާރު ދެވެނީ އައިސިސް އިން މި ރާއްޖެ ހިފުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދަށް ރައްދު ދެއްވި ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަން ހިންގައި، ހިދުމަތް ސުމެއްގައި އަދި ގައުމަށް ފައިދާ ހުރި ކަމެއް ނުކޮށްދެވި، ރައްޔިތުން ރުޅި އައުމުން އައިސިސްގެ ޓޭޕް އަޅުވާނެ ކަމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ އިސްވެރިންގެ ވާހަކަތަކަށް ދިވެހިން ފަރިތަވެފައިވާ ކަމަށާއި ފޮރުވިފައި އޮތީ ފަންޑު ހޯދުމާއި ވަކި ބަޔަކު ރުއްސުންތޯ ވެސް ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ.

”ތިޔަ ދުވަސްވީ އައިސިސްގެ ޓޭޕުން އިގްތިސާދު އަދި ރާއްޖެ އަށް ކޮންމެ ފަދަ ގެއްލުމެއް ވިޔަސް ރައީސް ނަޝީދު އަދި އެމްޑީޕީ އަށް ސިޔާސީ ފައިދާ އަށް ނެގިދާނެ ކަމަށް ހީވާނަމަ އެ ނިމުނީތޯ“ ޖަމީލު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލައި ”އިންޑިއާ އައުޓް“ ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާއިރު ރާއްޖޭގައި އިންޑިއާ ސިފައިންގެ ގިނަ އަދަދެއްގެ މީހުން ގާއިމުވެ ތިބޭ ތިބުމާމެދު ދިވެހިން ގެންދަނީ ނުރުހޭކަން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: