ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ ވެރިކަންކުރާ ޕާޓީގެ ލީޑަރުގެ ގޮތުގައި ޔޮޝިހިޑެ ސުގާ ހޮވިވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ ވެރިކަންކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ، އެލްޑީޕީގެ ލީޑަރުގެ ގޮތުގައި ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިޚާބު ކެބިނެޓު ސެކެޓްރީ ޔޮޝިހިޑެ ސުގާ ކާމިޔާބުކުރައްވައިފިއެވެ.

ޞިއްޙީ ޙާލަތު ތަން ނުދޭތީކަމަށް ވިދާޅުވެ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ އޮގަސްޓު މަހުގެ 28ވަނަ ދުވަހު އިސްތިޢުފާ ދެއްވާފައެވެ.

ވެރިކަންކުރާ ޕާޓީއަށް އައު ލީޑަރަކު ހޮވުމަށް ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ބޭއްވި އިންތިޚާބު އަބޭގެ އަރިސް ބޭފުޅެއްކަމަށްވާ ސުގާ ކާމިޔާބުކުރެއްވީ ބޮޑު އަޣުލަބިއްތަޔަކުންނެވެ.

އުމުރުން 71 އަހަރުފުޅުގެ ސުގާއަށްވަނީ 535 ވޯޓުގެ ތެރެއިން 377 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ދެކޮޅާށް ވާދަކުރެއްވި ކުރީގެ ދިފާޢީ ވަޒީރު، ޝިގެރު އިޝީބާއަށް ލިބިވަޑައިގަތީ 68 ވޯޓެވެ. އަދި ކުރީގެ ޚާރިޖީ ވަޒީރު ފޫމިއޯ ކިޝިޑާއަށް ލިބިވަޑައިގަތީ 89 ވޯޓެވެ.

ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު އޮންނަނީ ވެރިކަންކުރާ ޕާޓީގެ އަތުގައިކަމުން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އާބޭގެ ދަޢުރު ނިމެންދެން ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަންވާނީ ސުގާކަމަށްވަނީ ގާތްގަނޑަކަށް ޔަޤީންވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: