ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ދެން ރާއްޖޭގެ ރައީސްކަން ކުރާކަށް ބޭނުމެއް ނޫން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައީސްކަން ކުރަން ދެން ބޭނުން ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް ނެރެމުން އަންނަ ”ޚަބަރު ސިޓީ“ ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރަކާ މެދު ނުރުހުން ފާޅުކުރަނީ ވެރިކަމުގެ އިތުރު އުންމީދަކާ އެކު ނޫން ކަމަށެވެ.

”އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސް ކަމެއް ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ވެރިކަން ކޮށްދިނުމެވެ.“ ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވީ ބައެއް ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނު ފާހަގަ ކުރާ ނުކުތާތަކަކީ ސަރުކާރު ނިކަމެތި ކުރުމަށް ފާހަގަކުރާ ކަންކަން ކަމަށާއި ނަމަވެސް އެއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

”އާދެ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އަޅުގަނޑު އެދެމެވެ. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ. އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމެވެ.“ ނަޝީދު ލިޔުއްވާފައި ވެއެވެ.

 

ވަރަށް ގަދަ
18%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 59%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އެހެންވިއްޔާ ދެން މި ޔަގީންވީ. މީނާ ރައީސްކަން ކުރަން ބޭނުންވާކަން.މިގޮތަށް މިނާ ދައްކާ ހުރިހާ ވާހަކައެއްގައިވެސް ނޫނެކޭ ބުނެފިތަ. އެކަން ކުރާ ހިތް އޮތްލެއް ބޮޑުކަން ފާހަގަ ވެފައި އިތީ. ކުރު މާޒީއަށް ބަލާނަމަ މީނަ ބުނި ދޯ މަޖިލިސް ތރައީސްކަން ބޭނުމެއް ނޫންކަމަށް. އެންމެ ފަހުން ކިހިނެއްވީ ؟ އެހެން ނޫނަސް މީނާ ދައްކާ ވާހަކަ ތަކަކީ އެއްވެސް އިރެއްގައި ގައުމާ ރައްޔިތުންނަށް ހެވެއް އެދިގެން ދައްކާ ވާހަކަ ތަކެއް ކަމަށް ގަބޫލެއް ނުކުރަން.

  2. އެއީ ތެދެއް. މިހާރު ބޭނުންވަނީ ބޮޑުވަޒީރުކަން. އެއިރުން ކުޅެވޭނީ ރާޖަޕަކްސަ ކުޅޭކަހަލަ ކުޅިގަނޑެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: