ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ދަންނަވާނަން، މިހާރުވެސް ކުރަން ހުރި ކަންކަން މަދެއް ނޫން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ދަންނަވާނެ ކަމަށާއި މިހާރުވެސް ކުރަން ހުރި ކަންކަން މަދެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ސިލްސިލާކޮށް ނެރޭ އެމްޑީޕީގެ ހަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

ނަޝީދު ވިދާޅުވީ ބައެއް ބޭފުޅުންގެ ނަޒަރުގައި އެމަނިކުފާނު ފާހަގަ ކުރާ ނުކުތާތަކަކީ ސަރުކާރު ނިކަމެތި ކުރުމަށް ފާހަގަކުރާ ކަންކަން ކަމަށާއި ނަމަވެސް އެއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު އެދޭ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ނަޝީދު ލިޔުއްވާފައި ވެއެވެ.

”އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމެވެ. ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމެވެ. އެހެން ނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ.“ ނަޝީދު ލިޔުއްވާފައި ވެއެވެ.

ނަޝީދު ވިދާޅުވީ މިއަދު އެމަނިކުފާނު ފާހަގަކުރައްވާ ކޮރަޕްޝަނުގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާ ގުޅުންހުރި ވާހަކައެއް ނޫން ކަމަށެވެ.

”އަޅުގަނޑު ބޮޑުވަޒީރަކަށް ވަން އެދޭނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމެވެ. މިހާރުބެސް ކުރާން ހުރިކަންކަން މަދީއެއް ނޫނެވެ. މީހާ އާއި ދިމާވެފައިވާ މައްސަލަތައް ވެސް ގިނައެވެ. މިއަދު މިބުނާ ވާހަކައަކީ އެމްޑީޕީއަށް ކާމިޔާޞު ވާނީ އަޅުގަނޑުމެންގެ އަމާޒު ނުގެއްލުމެވެ.“ ނަޝީދު ވިދާޅުވިއެވެ.

ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު އަބަދުވެސް ވިދާޅުވެއެވެ. ނަމަވެސް ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: