ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ އިންޖީނުގެތަކާއި އެންމެހާ ވަސީލަތްތަކުގެ އެސެޓް ވެލުއޭޝަންއެއް!

އެންވައިރޮމެންޓް މިނިސްޓްރީ އާއި ފެނަކައިން ބޭއްވި އިވެންޓުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދަށުން ހިންގާ އިންޖީނުގެތަކާއި އެތަންތަން ހިންގުމަށް ގާއިމުކުރެވިފައިވާ އެންމެހާ ވަސީލަތްތައް އަގުމަގުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތް ނިންމައި އެސެޓް ވެލުއޭޝަން ރިޕޯޓު ފެނަކަ އާ ހަވާލުކޮށްފިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދެވުނު އެ މަސައްކަތް ނިންމައި އެސެޓް ވެލުއޭޝަން ރިޕޯޓު ފެނަކައާއި ހަވާލުކޮށްފައި ވަނީ މިއަދުއެވެ. އެގޮތުން އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ރިޕޯޓު ފެނަކައާއި ހަވާލުކޮށްދެއްވާފައިވަނީ އެންވައިރޮމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. އަދި ފެނަކައިގެ ފަރާތުން ރިޕޯޓާއި ހަވާލުވެވަޑައިގެންފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.

“މިއަދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާ ހަވާކުރެވުނު މި ރިޕޯޓަކީ އެކުންފުނީގެ ބެލުމުގެ ދަށުގައިވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހުރިހާ ހަރު މުދަލެއްގެ ހަމަ އަގު ފުރަތަމަ ފަހަރަށް އެނގިގެންދާ ރިޕޯޓެކެވެ. އަދި މި ރިޕޯޓުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.” މިނިސްޓްރީ

މި ރިޕޯޓާއި ބެހޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް އެންވައިރޮމެންޓް މިނިސްޓްރީއިން ބުނެފައިވަނީ މިއީ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހުރިހާ ހަރު މުދަލެއްގެ ހަމަ އަގުގެ ތަފްސިީލް ހިމެނޭ ފުރަތަމަ ރިޕޯޓް ކަމަށެވެ. އަދި ރިޕޯޓުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކަރަންޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަގުސަދުގައި، 2009 ވަނަ ސަރުކާރުން ޔުޓިލިޓީ ކުންފުނިތަކެއް އުފެއްދިއެވެ. އަދި ރާއްޖޭގެ ހަތް ސަރަހަށްދަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދޭންފެށިއެވެ.

އޭގެ ފަހުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުފައްދަވައި ޔުޓިލިޓީ ކުންފުނިތަކުން ދެމުން ގެންދިޔަ ހިދުމަތްތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން ދެމުން ގެންދާ ހިދުމަތްތަކެއްގެ ގޮތަށް 2012 ވަނަ އަހަރު ބަދަލުކުރެވުނެވެ. އެހެން ނަމަވެސް ފެނަކައިގެ ދަށުގައިވާ ހަރުމުދަލުގެ ރަޖިސްޓްރީއެއް މިހާތަނަށްވެސް އޮތީ އެކުލަވާނުލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: