ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އާއި ރާއްޖެ ގުޅިގެން ކޮވިޑްގެ ނޭދެވޭ އަސަރުތައް ކުޑަކުރުން މަސައްކަތްކުރާނަން: މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ، އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން ސިއްހީ ގޮތުންނާއި އިގްތިސޯދީ ގޮތުން އަސަރުތައް ކުޑަ ކުރުމަށް ރާއްޖެއާއި އިންޑިޔާއިން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް އިއްޔެ ދިނުމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިންޑިޔާއަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ރަހުމަތްތެރިއަކަށް ޖެހޭއިރު އިންޑިއާ އަބަދުވެސް އޮންނަނީ ތައްޔާރަށް ކަމަށެވެ.

ރައީސްގެ ޓްވީތާ ގުޅިގެން މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞޯލިޙުގެ ހެޔޮ ބަސްފުޅާއި ޝުޢޫރުތަކަށް ޝުކުރު އަދާކުރާ ކަމަށާއި ކޮވިޑް-19ގެ ސަބަބުން ޞިއްޙަތަށާއި އިޤުތިޞާދަށް ކުރަމުންދާ އަސަރުތަކާ ދެކޮޅަށް ރާއްޖެއާއި އިންޑިޔާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

އިންޑިއާއިން ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމިކަން ހާމަކުރެއްވީ މިދިޔަ މަހު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ އެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް އެ ލޯނު ދިނުމަށް ނިންމާފައިވަނީ 10 އަހަރު ދުވަހުގެ ތެރޭ ދައްކާ ހަލާސްކުރާ ގޮތަށެވެ. އަދި އެ ލޯނުގެ އިންޓަރެސްޓްގެ ގޮތުގައި ނަގަނީ 3.5 ޕަސަންޓެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އިން އަންނަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: