އިންޑިއާގެ ކާގޯ ފެރީގައި 380ކޮންޓެއިނަރުގެ މުދާ އެއްފަހާ ގެނެވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
އިންޑިއާއި ރާއްޖެ އާއި ދެމެދު ފަށާ ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ.
އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އަންނަ ފުރަތަމަ ބޯޓަށް ރާއްޖެއަށް އާދެވޭނީ މިމަހުގެ 28ވަނަ ދުވަހުއެވެ. މި ބޯޓަކީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ އެމް.ސީ.ޕީ ނަމަކަށްކިޔާ ކާގޯ ފެރީއެކެވެ.
މި ބޯޓުގައި 20ފޫޓު، 8ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ.

