ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ-ރާއްޖެ ކާގޯ ފެރީ ދަތުރުތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު ބާއްވާ ފެރީގެ ދަތުރުތައް މިއަދު ފަށައިފިއެވެ.

މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ފެރީގެ ހިދުމަތް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ ސްޓޭޓް ޝިޕިން މިނިސްޓަރު ޝްރީ މަންސުހް އެލް މަންޑަވިޔާ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އިންޑިއާ ކޮޗިން ބަނދަރުން ފުރި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް އަންނާނީ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި ކާގޯ ފެރީ މާލެ އަންނަނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށާއި މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދިފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: