ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެންޑާ އާއި ހެލްތު މިނިސްޓްރީން ހޯޑެއްދޫއަށް ކާޑު ފޮނުވައިފި

ހޯޑެއްދޫއަށް ދެ މިނިސްޓްރީއަކުން ފޮނުވި ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ބަހަނީ —
ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑާ މިނިސްޓްރީންނާއި ހެލްތު މިނިސްޓްރީ ގުޅިގެން ގދ. ހޯނޑެއްދޫއަށް ކާޑު ފޮނުވައިފިއެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން މިއަދު ބުނީ، ކޮވިޑް19 ބަލި ފެތުރުމުގެ ހާލަތާއި ގުޅިގެން ފޮނުވި ކެއާ ޕެކޭޖްތަކާއި އެހެނިހެން ސާމާނު މިއަދު އެރަށަށް ލިބިފައިވާ ކަމަށެވެ.

”ފޮނުވި ތަކެޓުގެ ތެރޭގައި 196 ބަސްތާ ހަނޑޫ، 196 ބަސްތާ ހަކުރު، 33 ބަސްތާ މުގު ހިމެނޭ.“ ހޯޑެއްދޫ ސިއްހީ މަރުކަޒުން ބުންޏެވެ.

މީގެ އިތުރުން ބަލިމީހުން އައިސޮލޭޓް ކުރުމަށް 11 މީހުން އެކޮމަޑޭޓް ކުރުމަށް ބޭނުންވާ އެނދާއި، ގޮދަޑި އާއި އައިސޮލޭޓްކުރުމަށް ބޭނުންވާނޭ އެހެނިހެން ސާމާނު ފޮނުވާފައިވާ ކަމަށް އެރަށުން ބުންޏެވެ.

”މި ދަތި އުނދަގޫ ހާލަތުގައި ތި ބަހައްޓަވާ އޯގާތެރިކަމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށާއި، އެމަނިކުފާނުގެ ނައިބް ފައިސަލް ނަސީމްއަށާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަށާއި، ހެލްތު މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު އަސްލަމްއަށާއި، އެސްޓީއޯ ގެ އެމްޑީ ހުސެން އަމްރު އަދި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާާން އާއި މިކަމުގައި މަސައްކަތް ކޮށްދެއްވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑުމެންގެ އަމިއްލަ ނަމުގައާއި ހޯނޑެއްދޫގެ އެންމެހައި ރައްޔިތުންގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވަން،“ ހޯޑެއްދޫ ސިއްހީ މަރުކަޒުން މިއަދު ކުރި ޕޯސްޓުގައި ލިޔެފައިވެއެވެ.

ހޯނޑެއްދޫއިން 45 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، އެރަށުން މިހާރު 32 މީހަކު ވަނީ މިބަލިން ފަސޭހަ ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: